ކޮންމެ މީހެއްގެ ވިސްނުން ވެސް ގައުމާ އެއްކޮޅަށް ބޭނުންކުރާ ނަމަ، މި ގައުމުގެ މިނިވަންކަން ދެމިއޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައުމެއްގެ މިނިވަންކަން ގެއްލުވާލުމަށް މިހާރު ކޮންމެހެން ހަތިޔާރު ބޭނުންނުވާ ކަމަށާއި ގައުމަށްޓަކައި ގުރުބާންވުމަކީ ހަމައެކަނި ސިފައިންނާއި ފުލުހުންގެ ޔުނީފޯމް އަޅައިގެން ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.
ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު މި ދުނިޔެއަކީ މިހާރު ބަވަނަވެފައިވާ ދުނިޔެއް ކަމަށާއި ގާފިލުވެ ތިއްބާ ގައުމެއްގެ މިނިވަންކަން ނަގައިލުމަކީ މިހާރު އެހާ އުނދަގޫކަމަކަށް ވެފައިނުވާ ކަމަށެވެ. އަދި ނުވިސްނާ ތިބެއްޖެ ނަމަ، މިނިވަންކަން ގެއްލިދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ މީހަކު ވެސް ސިކުނޑީގެ ބޭނުން ހިފައި، ގައުމާ އެއްކޮޅަށް ވިސްނާ ނަމަ، ގައުމުގެ މިނިވަންކަމާ މެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި އޭރުން އަބަދުވެސް މިނިވަންކަން ޔަގީންކުރެވޭނެ ކަމަށެވެ. އަދި އަބަދުވެސް އަމިއްލަ ނަފުސަށްވުރެ ގައުމު އިސްކުރެއްވުމަށް އެ މަނިކުފާނު ގޮވައިލެއްވިއެވެ.
ކޮންމެ މީހަކަށް ވެސް މާނަހުރި ބޮޑެތި ކަންތައްތައް ކުރެވެން އެބަހުރި ކަމަށާއި ވިސްނުންތައް ރަނގަޅުގޮތުގައި ނުބަހައްޓައިފި ނަމަ، ގެނެވޭ އަތްލެވޭ ތަރައްގީގެ ބޭނުމެއް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ގުޅުންހުރި
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ރައީސް ވަހީދު އިސްތިއުފާދެއްވައިފި
ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ
އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު
ރައީސްގެ ނަސޭހަތް: މުސްތަގުބަލަށް ގުޑުވައިނުލެވޭވަރުގެ ބިންގަލެއް އެޅޭނީ ބަސް އަހައިގެން
ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުމުގެ އަގުވަޒަންކުރަން: ރައީސް
ރެޔާއި ދުވާލު މަސައްކަތްކުރާ ވެރިޔަކަށް ބޭނުންވަނީ އެއްބާރުލުން ދޭނެ ކައުންސިލަރުން: ސާޖިދާ