ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ބާއްވާ ރަސްމީ ޖަލްސާގައި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންނެވެ. އެ އިނާމަށް މީހުން ހޮވާފައިވަނީ ގައުމީ އިނާމާބެހޭ ކޮމިޓީން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މާދަމާގެ ޖަލްސާގައި މަތީ ދަރަޖަ ހޯއްދެވި 33 ބޭފުޅަކަށްވެސް އިނާމު ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައެވެ.
ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި 94 ބޭފުޅަކަށް މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ އިނާމު ދެއްވައިފަ އެވެ.




ގުޅުންހުރި
ދަރުސް ދެއްވުމަށް މާލެ ވަޑައިގެން އުޅުއްވާ ޝެއިހް އިބްރާހީމްގެ ހާލު ގޯސްވެ
ބާޒާރުމަތީ މަގު މާދަމާ އާންމު ދަތުރުފަތުރަށް ހުޅުވާލަނީ
ސީޕީ ނަވީން ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި
ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވެ އުޅޭ މީހަކު ހައްޔަރުކޮށްފި
ސޮޓޮކް މަދުވުމުން 20 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ނެރެފި
ގެދޮރުވެރިޔާ ސްކީމް: މިހާތަނަށް 3600 އަށް ވުރެ ގިނަ ފަރާތްތަކާއި ފުލެޓް