މި އަހަރާއި އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ތަރައްގީގެ ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލު ނުހިމެނީ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ހިންގަން ޖާގަދިނުމަށް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާކުރުމަށް މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މަޝްރޫއުތަކާ ނުބައްދަލު އަދަދުތަކެއް ބަޖެޓުގައި ޖަހައި ތަފްސީލު ހިމެނިޔަސް އެދެވޭ ނަތީޖާއެއް ނުލިބޭނެ ކަމަށާއި އެއީ ރަށްރަށަށް ކޮންމެހެން ބޭނުންވާ މަޝްރޫއުތަކަކީ ކޮބައިކަން މާލޭގައި ތިބެގެން ނޭނގޭނެތީ ކަމަށެވެ.
އެހެންކަމުން ސީދާ ރަށްރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްތަކަށް ބޭނުންވާ މަޝްރޫއުތައް އޮޅުންފިލުއްވައި، ރައްޔިތުން ބޭނުންވާ ގޮތަށް އެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ ސަގާފަތެއް ގާއިމުކޮށްފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބުމުން، އެ ރަށްރަށަށް ބޭނުންވާ ދާއިރާއަކުން އެންމެ ބޭނުންވާ މަޝްރޫއު ހިންގުމުގެ ޖާގަ މިހާރު ލިބޭ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ބަޖެޓުގައި ވެސް ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލެއް ނުހިމެނެއެވެ.




3 Comments
ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް