މިއަހަރުގެ ތެރޭގައި މާލެ ސަރަހައްދުގައި 3000 ފުލެޓު ހަދަން ބަޔަކާ ހަވާލުކުރައްވާނެ ކަމަށާއި މާލެ ސަރަހައްދުގައި ޖުމުލަ 7000 ފުލެޓު ހެދުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސަރަހައްދުން ބިން ހިއްކަނީ ބޯހިޔާވަހިކަމަށް ދާއިމީ ހައްލު ގެނައުމަށް ކަމަށާއި އެގޮތުން ރަސްމާލެއިން ގޯތި ދިނުމަށް ދާދި އަވަހަށް ހުޅުވާލާނެ ކަމަށެވެ. އެގޮތުން ރަސްމާލެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 15،000 ގޯތި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި 3000 ހައުސިން ޔުނިޓު ހެދުމަށް ބަޔަކާއެކު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން ހަދަން ހަމަޖެހިފަިއވާ 4000 ހައުސިން ޔުނިޓާއެކު މާލެ ސަރަހައްދަށް ޖުމުލަ 7000 ހައުސިން ޔުނިޓު ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ހުރިހާ ދާއިރާއަކަށް ގޯތި ދޫކުރައްވާނެ ކަމަށާއި އެގޮތުން ގޯތި ދޫކުރަން ފަށާނީ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވެފައިވާ ރައްޔިތުން އަދި މާލޭ ދަފްތަރުގައި ތިބި ރައްޔިތުންނަށް ވެސް ގޯތި ދޫކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ދާދި ފަހުން މަޝްރޫއުތައް އަމިއްލަ ކުންފުނިތަކަށް ހަވާލުކުރުމުގެ ތެރެއިން ރާއްޖޭގެ ރަށްރަށުގައި 825 ހައުސިން ޔުނިޓު ހެދުމަށް ހަވާލުކުރެވިފައިވާ ކަމަށާއި އެއީ އެ މަނިކުފާނުގެ ވައުދުގެ އެއްބައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ގުޅުންހުރި
ވަގު ސިނގިރޭޓުގެ ތުހުމަތު އަޅުވައި މަގާމުން ވަކިކުރި ރިޔާޒަށް އަލުން ވަޒީފާ
ވަގު ސިނގިރޭޓުގެ ތުހުމަތު އަޅުވައި މަގާމުން ވަކިކުރި ރިޔާޒަށް އަލުން ވަޒީފާ
ޕީއެންސީގެ ޖަލްސާއިން މުޅި ރާއްޖެ އޮތް ގޮތް، ރައްޔިތުންގެ ފިކުރު ސާފުވާނެ:
ތަރައްގީގެ 206 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި
ކޮޅަށް މި ޖެހީ ބަނގުރޫޓު ކޮށްލުމަށް ޑިޒައިން ކޮށްފައިވާ އިގުތިސާދެއް: ރައީސް
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި