ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު, ސްޓެލްކޯގެ ފަސް މުވައްޒަފަކަށް ލިބިއްޖެ އެވެ.
އެ ބޭފުޅުންނަށް އެ އިނާމު ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބުނު ސްޓެލްކޯގެ މުވައްޒަފުންނަކީ:
- އަބްދުލް ރައްޒާގު ޔޫސުފް/ ސާވިސް އިންޖިނިއަރު
- ސަމީރާ ހުސެއިން/ ސާވިސް މެނޭޖަރު
- މުހައްމަދު ޒިޔާދު/ އެސިސްޓަންޓް ސާވިސް މެނޭޖަރު
- ހާމިދު މުހައްމަދު/ ޗީފް އިލެކްޓްރިކަލް އިންޖިނިއަރު
- ފައިޒް ވަހީދު/ ސީނިއާ ސާވިސް މެނޭޖަރު
މި މުވައްޒަފުންނަށް އިނާމު ލިބުމުން ސްޓެލްކޯގެ ބޯޑާއި އިސްވެރިން އަދި މުވައްޒަފުންގެ ނަމުގައި ވަނީ އެކަން ފާހަގަކޮށް އެ މުވައްޒަފުންނަށް މަރުހަބާއާއި ޝުކުރު އަދާކޮށްފަ އެވެ. އަދި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މަތިވެރި ރޫހުގައި ސާބިތުކަންމަތީ ދެމި ހުރެގެން އެ މުވައްޒަފުން ކުރަމުން އަންނަ އިހުލާސްތެރި ގައުމީ ހިދުމަތް އެ ކުންފުނިން ބަލައިގަންނަނީ ފަހުރާއި ޝުކުރުވެރިކަމާއެކު ކަމަށްވެސް ބުންޏެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭން ފެށި ޝަރަފުވެރި އިނާމެކެވެ.




ގުޅުންހުރި
ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލެ އިންޖީނުގެއަށް އިތުރު ޖެންސެޓެއް!
މި ބަންދުގައި ސްޓެލްކޯގެ ކައުންޓަރުތައް ބަންދުވިޔަސް، ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ލިބޭނެ
ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވައިފި
ސްލްކޯއިން ތުލުސްދޫގައި ގާއިމުކުރި ފެނުގެ ނިޒާމު އިފްތިތާހުކޮށްފި
ސްޓެލްކޯ އިން ދިއްފުށީގައި ހެދި އިންޖީނުގެ ހުޅުވައިފި
ސްޓެލްކޯގެ ސްކިލްސް އެކަޑަމީގައި އެމްއެންޔޫގެ ކޯސްތައް ފަށަން ތައްޔާރުވެއްޖެ