ވައްކަމާއި ކޮރަޕްޝަނުން ރާއްޖެ ސަލާމަތް ކުރެވޭނީ އިންސާނުން ބޭނުން ނުކޮށް, ޑިޖިޓަލްކޮށް ހުރިހާ ހިދުމަތްތަކެއް ދެވޭނެ ގޮތަށް ރާއްޖޭގެ މުއައްސަސާތައް ބަދަލުވެގެން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ, އަންނަ އަހަރުގެ ބަޖެޓުން ފެންނަނީ އުންމީދު ކަމަށެވެ. ހާއްސަކޮށް ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ނައްތާލުމަށް ޑިޖިޓަލް ރާއްޖެއަކަށް ބަދަލުކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު އަދަދެއް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
”ވަކިން ހާއްސަކޮށް ބަޖެޓުން ފެންނަން އޮތީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ނައްތާލުމަށްޓަކައި ދިވެހިރާއްޖެ ޑިޖިޓަލް ރާއްޖެއަކަށް ބަދަލުކުރުމަށްޓަކައި މި 2026ގެ ބަޖެޓުގެ ބޮޑު ދާއިރާއެއް ކަނޑައެޅިފައި އޮތީ ޑިޖިޓަލް ރާއްޖެއަކަށް ދިވެހިރާއްޖެ ބަދަލުކުރުމަށްޓަކައި. އެގޮތުން އިންސާނުން ބޭނުން ނުކޮށް ޑިޖިޓަލީ ހުރިހާ ހިދުމަތްތަކެއް ކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގެ މުއައްސަސާތައް ބަދަލުވެގެން ދިޔައީމާ ވައްކަމާއި ކޮރަޕްޝަނުން މި ރާއްޖެ ސަލާމަތްކުރެވޭނެ.“ ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, ބިދޭސީން ރާއްޖެ އެތެރެކުރެވޭ ދޮރާށީތައް ނުވަތަ އެ ދާއިރާތަކުން ހިންގަމުން އަންނަ ކޮރަޕްޝަންގެ ވާހަކަތައް ވަރަށް ގިނަ މީހުން ދައްކާ ކަމަށާއި އެކަން ހައްލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަން މިހާރު ޑިޖިޓަލައިޒްކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގައި ހިނގަމުންދާ ނުރަނގަޅު ކަންތައްތަކުން ސަލާމަތްވުމަށް އުންމީދުތަކެއް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
”އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ މައި ހުރިހާ ދޮރޯށިތަކެއް ސެކިއުއާކުރަން. އާމްދަނީ އިތުރުކުރެވޭނީ, ވަކިން ހާއްސަކޮށް މި ފުރުސަތުގައި ދަންނަވާލަން ބޭނުން, ކަސްޓަމްސް, ދިވެހިރާއްޖެ މިއަދާ ހަމައަށް މިކުރި ދަތުރުގައި އެމްޕީއެލްގެ ގޭޓުން ސްކޭނަރެއް ބައިންދާލެވޭނެ ހާލަތު, އެ ފެންވަރު ދިވެހިރާއްޖެއަކު ނެތް. ނަމަވެސް އުންމީދުކުރަނީ 2026 ވަނަ އަހަރުގެ މި ބަޖެޓުން ރާއްޖޭގެ ގޭޓުތައް ސެކިއުއާ ކުރެވޭނެ ކަމަށް,“ ޝުޖާއު ވިދާޅުވި އެވެ.




ގުޅުންހުރި
ބަޖެޓުގައި ތަފްސީލު ނެތް މައްސަލައިގައި ޒަމީރު: އެއީ ރައްޔިތުންގެ ފައިދާއަށް!
ވީއައިއޭ އިން ޑޮލަރު ފޭރުނު މައްސަލަ: އިތުރު ތިން މީހަކު ހައްޔަރުކޮށްފި
2026ގެ ބަޖެޓު: މިނިސްޓަރުންގެ ހެލްތް އިންޝުއަރެންސަށް ޖެހި އަދަދު ދެގުނަ ބޮޑުކޮށް,
2026ގެ ބަޖެޓު: އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން, މި އަހަރަށްވުރެ 683
2026ގެ ބަޖެޓް: ރައީސްގެ ރަސްމީ ގެކޮޅަށް 34 މިލިއަން, މަހަކަށް 2.8
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ