މަޝްރޫއުތައް މިހާރު ހިނގަމުންދާތަނާއި ނިމެމުންދާތަނާއި އަދި އާ މަޝްރޫއުތައް ފެށޭ މަންޒަރު މިހާރު ކޮންމެ ރަށަކުންވެސް ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް ތަރައްގީގެ ކަންކަން ކާމިޔާބު ކަމާއެކީގައި ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަކީވެސް އެ މަނިކުފާނުގެ ކުރިފުޅުމަތީގައި ހަމަހަމަ ރައްޔިތުން ކަމަށްވެސް ވިދާޅުވި އެވެ.
”އެ ރަށެއްގެ ރައްޔިތުންނަށް ކޮށްދޭން އޮތް ކަމެއްވިއްޔާ, ސަރުކާރުން މިގޮތުގައި ކުރިއަށް ގެންދާނަމޭ, ނިންމަމުންދާނަމޭ. ކަންކަން ފެށި, ނިމި, ސޮއިކުރެވި, އެ ކަންކަން ފެށި, އެހެންނޭ މިދަނީ. ކޮންމެ ރަށެއްގައިވެސް ފެނިވަޑައިގަންނަވާނެ, މިހާރު ކަންކަން ހިނގަމުންދާތަން, ނިމެމުންދާތަން, އާ މަޝްރޫއުތައް ފެށޭ ތަން,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވީ ހުރިހާ ވައުދެއް ފުއްދުމަކީ މި ސަރުކާރުގެ ޒިންމާ, މަސްއޫލިއްޔަތު, އަދި އަމާޒު ކަމަށާއި އެގޮތުގައި މަސައްކަތް ކުރަމުން ގެންދަވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.




ގުޅުންހުރި
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި