މިއަދު މި މުޖުތަމައުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމާއި އިސްލާމްކަމާއި އިހުސާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި އެޅިފައި ނެތުމުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
”ތައުހީދުގެ މަތީ ތަރުބިއްޔަތުކުރުން“ މި މައުޟޫއުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނީ މާތް ނަބިއްޔާ އެކަލޭގެފާނުގެ އަސްހާބުބޭކަލުން ތަރުބިޔަތުކުރައްވާފައިވަނީ އެކަންކަމުގެ މަތީގައި ކަމަށާއި އިސްލާމްކަމާއި އީމާންކަމާއި އިހުސާންކަމުގެ މަތީގައި ކަމަށެވެ. އެހެންކަމުން އެ ބޭކަލުންގެ އަހުލާގާއި މުއާމަލާތުކުރެއްވުން މާތްވެފައި ހެޔޮ ކަމަށް ހުތުބާގައި ބުންޏެވެ.
އެ ބޭކަލުންގެ މެދުގައި އެއް ބޭކަލަކާއި އަނެއް ބޭކަލަކާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކަމަށާއި އިތުބާރުކުރުން ހަރުދަނާ ކަމަށް ހުތުބާގައި ބުންޏެވެ.
”އެ ބޭކަލުންގެ ހިތްޕުޅުގައި އިހުސާންކަން ރަނގަޅަށް ހަރުލައިފައިވުމުން އެ ބޭކަލުންގެ މުޖުތަމައުގައި ހަމަޖެހުމާއި އެކުވެރިކަން އާންމުވެފައިވިއެވެ. މިއަދު މި މުޖުތަމައުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމާއި އިސްލާމްކަމާއި އިހުސާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި، ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުންނެވެ..،“ ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ އެފަދަ ނޭދެވޭ އަމަލުތައް މުޖުތަމައުގައި ހިނގަނީ އަބަދާއި އަބަދު މާތް ﷲ ބައްލަވައިވޮޑިގެންވާކަމާއި، އޭގެ އިތުރަށް ދެ މަލާއިކަތުން ތިމާގެ ގާތުގައި ތިމާގެ އަމަލުތަކާއި ބުނާ ބަސްތައް ލިޔުއްވަން ތިއްބަވާނޭކަން، ކަށަވަރުކޮށްދެވިފައި ނުވާތީ ކަމަށެވެ.
އެހެންކަމުން ޅަފަތުއްސުރެ އެކަންކަން ހިތުން ކެހިގެން ނުދާ ފަދަ ގޮތެއްގައި، ހަރުލެއްވިއްޖެ ނަމަ މީސްތަކުންގެ އުޅުންތަކާއި ގުޅުންތަކަށް ހެޔޮ ބަދަލު އަންނާނޭކަން ކަށަވަރު ކަމަށް ހުތުބާގައި ބުންޏެވެ.




ގުޅުންހުރި
ދުންޔަވީ އެދުންތަކުގައި މަޝްއޫލުވެ, ގާފިލުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނުން ދަނީ އިތުރުވަމުން:
ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުން ވާޖިބު، ދީނުގައި ގެއްލުންދިނުމެއް ނެތް: ހުތުބާ
މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް:
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބޮޑު އަނިޔާއެއް، މި ސުންޕާ ވަބާއިން ސަލާމަތްވާންޖެހޭ: ހުތުބާ
ފާހިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވާން ޖެހޭ: ހުތުބާ
ނަމާދު އެޅުމަކީ މާތް ﷲ ގެ ކޯފާ އަންނާނެކަމެއްކަން ދަންނާން ޖެހޭ: