އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ ކަމަށް ފެމިލީ ކޯޓުން ހުކުމްކޮށްފިއެވެ.
އެމްޑީޕީން މިދިޔަ މާޗް މަހު ބޭއްވި މުޒާހަރާއެއްގައި، ވޭޕްއާ ގުޅުވައިގެން ރައީސްގެ ދަރިކަލުންނާ ބެހޭގޮތުން އެ ވާހަކަތައް ދެއްކީީ އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އެވެ. އެ މައްސަލައިގައި ރައީސް މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވަނީ ފެމިލީ ކޯޓުގައި ދައުވާކޮށްފައެވެ.
އެ މައްސަލައިގައި ފެމިލީ ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، މަންދީ އާއި އަހުމަދު ސަލީމް (މާޒް) ދެއްކި ވާހަކަތަކުން ރައީސްގެ ދަރިކަލުންގެ ރައްކާތެރިކަން އަދި ކަރާމާތް ގެއްލިފައިވާ ކަމަށެވެ.
އެ ވާހަކަތައް މަނާކުރުމުގެ ބަދަލުގައި އެކަމަށް ހިތްވަރުދީފައިވާކަން ސާބިތުވާތީ އެމްޑީޕީ އާއި ފައްޔާޒް އެކަމަށް ޒިންމާވާން ޖެހޭނެ ކަމަށާއި އެމްޑީޕީ އާއި ފައްޔާޒްގެ ފަރާތުން ބަދަލު ހޯދުމުގެ ހައްގު، މެޑަމް ސާޖިދާއަށް ލިބިވަޑައިގަންނަވާ ކަމަށް ފެމިލީ ކޯޓުގައި ހުކުމުގައިވެއެވެ.
އެ މައްސަލަ މެޑަމް ސާޖިދާ ސިވިލް ކޯޓަށް ވެސް ހުށަހެޅުއްވި އިރު، މީގެ ކުރިން އެ މައްސަލައިގައި އެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމުގައި ވެސް ވަނީ، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ ފައްޔާޒާއި އެމްޑީޕީން އެކަމަށް ޒިންމާވާން ނުޖެހޭނެ ކަމަށެވެ.




ގުޅުންހުރި
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް
ރެޔާއި ދުވާލު މަސައްކަތްކުރާ ވެރިޔަކަށް ބޭނުންވަނީ އެއްބާރުލުން ދޭނެ ކައުންސިލަރުން: ސާޖިދާ