ހައިކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުއްލިގޮތަކަށް އެކަން ނިންމާފައިވާ އިރު، ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި މިހާރު ހުންނެވީ ފަނޑިޔާރު މުހައްމަދު ފައިސަލެވެ.
ޖޭއެސްސީން މިއަދު ބުނީ ހައިކޯޓުގެ ހިންގުން ވަގުތީގޮތުން ފަނޑިޔާރު ޖަމީލް މޫސައާ ހަވާލުކުރެއްވުމަށް އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ނިންމީ ކޮން ކަމަކާ ގުޅިގެން ކަމެއް ޖޭއެސްސީން ބުނެފައެއް ނުވެއެވެ.
ފަނޑިޔާރު ޖަމީލު މޫސައަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވި ޖަމީލު މޫސާ ވަނީ 2002 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ލ. ލަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމު އަދާކުރައްވައިފައެވެ.
އޭގެ ފަހުން 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިހަ އަހަރުގެ މުއްދަތަކަށް ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި އޭނާ މަސައްކަތްކުރެއްވިއެވެ.




ގުޅުންހުރި
ޖޭއެސްސީގެ ރައީސްކަމަށް ހުސްނީ
ކައިޒީން އާއި ބައްޕަގެ މައްސަލަ އަލުން ބަލަން ސިވިލް ކޯޓަށް އަންގައިފި
ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލުކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް
ވިހެއުމުގެ ޗުއްޓީގެ މައްސަލައަކާ ގުޅިގެން ނަދާ ސެލޫން ހައިކޯޓަށް
މަހާޒް ގުޅުއްވީ އަޒްމިރަލްދާގެ ފިރިކަލުން ދޫކޮށްލިކަން ނޭނގި، އެއީ ނުފޫޒު ފޯރުވުން!
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރަން ކުރި އަމުރު ދަމަހައްޓައިފި