އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތް ﷲ ގެ ކޯފާ އަންނާނެކަމެއްކަން ދަންނާން ޖެހޭ ކަމަަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ނަމާދު އެޅުމުގެ ނުރައްކާތެރިކަން“ މި މައުލޫއުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނީ އަހަރެމެންނަކީ ފާފަކުރެވޭނޭ މީހުން ކަމަށާއި ނަމާދަކީ އެ އަޅުކަމުގެ ސަބަބުން އަހަރެމެންނަށް ކުރެވޭ ކުދި ފާފަތައް ފުއްސަވާނޭ އަޅުކަމެއް ކަމަށެވެ.
”ނަމާދު އެޅުމަކީ އެކަމުގެ އުގޫބާތުގެ ބޮޑުކަމާއި އެ ކަމުގެ ފާފައިގެ ބޮޑުކަން އަންގަވައިފައިވާ ކަމެކެވެ. އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ﷲ تَعَالَىގެ ކޯފާ އަންނާނެކަމެއްކަން ދަންނާން ޖެހެއެވެ..،“ ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ނަމާދަކީ ގަދަވެ ހެޔޮ ހާލުގައްޔާއި ބަލި ހާލުގައި އޮންނަ އިރުގައްޔާއި ރަށުގައި ގާއިމުވެ ހުންނަ އިރާއި ދަތުރުމަތީގައި އުޅޭ އިރުވެސް ކުރުމަށް އަންގަވައިފައިވާ އަޅުކަމެއް ކަމަށާއި ހަނގުރާމައިގެ ހާލަތުގައި ވެސް ދޫކޮށްނުލުމަށް އަންގަވައިފައިވާ އަޅުކަމެއް ކަމަށެވެ ވީ އިރު މި އަޅުކަމަށް ފަރުވާތެރިވުމަކީ މުހިންމު ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
އިސްލާމްދީނުގައި ނަމާދަށް މަތިވެރި މަގާމެއް ދީފައިވާ އިރު، ނަމާދުތަކަށް ފަރުވާކުޑަކުރުމާއި ނަމާދު އެޅުމުން ދުރުހެލިވުމަކީ ކޮންމެ މުސްލިމަކު އޭނާގެ ދުވަހީ ތާވަލު އެކުލަވައިލާ އިރު ސަމާލުވާން ޖެހޭނޭ ކަމެއް ކަމަށާއި ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިންކަމުގައި ސުންނަތުގައި ވަނީ އަންގަވައިފައި ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ބައެއް މީހުންނަކީ ހަމައެކަނި ރަމަޟާން މަހު ގަވާއިދުން ނަމާދުކުރާ މީހުން ކަމަށާއި ބައެއް މީހުން ހުކުރު ނަމާދުތައް އެކަނި ކުރާ ކަމަށެވެ. އަދި އަނެއްބައި މީހުންނަކީ ފަރުޟު ނަމާދުތަކުގެ ތެރެއިން ބައެއް ނަމާދުތައް ކުރާ މީހުންކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
”މިއިން އެއްވެސް ބަޔަކު ނަމާދުތަކަށް ފަރުވާކުޑަކޮށްލައިފައިވަނީ ނަމާދަށް އިންކާރުކުރާ ހާލުގައި ނޫންކަމުގައިވީ ނަމަވެސް ހަދީސްފުޅުތަކުން އެނގޭ ގޮތުގައި އެއީ ނުހަނު ފާފަވެރިވާނޭ ކަމެކެވެ. ވީއިރު، ކޮންމެ މުސްލިމަކު ވެސް އޭނާގެ ނަފުސު ހިސާބުކޮށް ނަފުސަށް ގެންނާން ޖެހޭ ބަދަލުތަކާ މެދު ވިސްނުން އަވަސްކުރާން ޖެހެއެވެ. މަރު އައިސް ތިމާއާ ބައްދަލުކުރާނީ ކޮން އިރަކުކަމެއް އެއްވެސް މަހުލޫގަކަށް ނޭނގޭނެއެވެ..،“ ހުތުބާގައި ބުންޏެވެ.




ގުޅުންހުރި
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ:
ބިރުވެރިކަމުގައި އާހިރަތް ދުވަހު އުޅޭނީ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެގެން، ތައްޔާރުވޭ!:
ދުންޔަވީ އެދުންތަކުގައި މަޝްއޫލުވެ, ގާފިލުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނުން ދަނީ އިތުރުވަމުން:
ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުން ވާޖިބު، ދީނުގައި ގެއްލުންދިނުމެއް ނެތް: ހުތުބާ
މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް: