ނޮވެމްބަރ 23, 2025

ކޯޓަށް ހާޒިރުނުވެގެން ހަމްދޫން ހޯދަނީ 

ބަންދުގައި ބަހައްޓައިގެން މީހަކު ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ ފަށައިފިއެވެ.

ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ހޯދަމުންދަނީ ދަފްތަރު ނަމްބަރު 020 / ބ. ދަރަވަންދޫ، ހަމްދޫން އަބްދުﷲ (41އ) އެވެ.

ފުލުހުން ބުނީ ހަމްދޫން ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

ހަމްދޫން އަބްދުﷲ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.