ހައިކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު ފައިސަލްގެ މައްސަލަތަކެއް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި ދާދި ފަހުން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާދެއްވި ފައިސަލްގެ މައްސަލަތަކެއް ވަނީ އޭސީސީއަށް ހުށަހަޅައިފައެވެ.
އެ މައްސަލައާ ގުޅޭގޮތުން އޭސީސީން ބުނީ ފަނޑިޔާރަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ރަޖިސްޓާކޮށްފައިވާ ކަމަށާއި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން ފަނޑިޔާރެއްގެ މައްސަލަތަަކެއް ކަމެއް އޭސީސީން ނުބުނެއެވެ.
ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހައިކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވީ ފައިސަލްއެވެ.
ފަނޑިޔާރުކަމުގެ އިތުރުން ފައިސަލް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އޭގެ ކުރިން ފައިސަލް މަސައްކަތްކުރެއްވީ ގާނޫނީ ވަކީލެއްގެ ގޮތުގައެވެ.
ފައިސަލްއަކީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.




ގުޅުންހުރި
ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވަނީ، ހައިކޯޓަށް ބޮޑު ބަދަލެއް ގެންނަން ޖެހިފައި!
ކުއްލިގޮތަކަށް ހައިކޯޓުގެ ހިންގުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއަށް
ކައިޒީން އާއި ބައްޕަގެ މައްސަލަ އަލުން ބަލަން ސިވިލް ކޯޓަށް އަންގައިފި
ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލުކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގުކުރަނީ
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭސީޕީ ދާއޫދު ޗުއްޓީއަށް