ޖެނުއަރީ 11, 2026

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހަދަން ހުށަހަޅައިފި

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ހަދަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅައިފި އެވެ.

ކުޑޫ ހުށަހެޅުއްވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ ށ. ގެ 7 ވަނަ ނަންބަރުގެ ފަހަތަށް ނަމްބަރެއް އިތުރުކޮށް، ”މިސްކިތަށް ގެއްލުން ދިނުން“ ހިމެނުމަށެވެ.

ބިލު ހުށަހެޅުއްވި މަގުސަދުގެ ގޮތުގައި ބިލުގެ ތައާރަފުގައި ކުޑޫ ވިދާޅުވެފައި ވަނީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ގައުމުގައި މިސްކިތްތަކަށް ގެއްލުންދިނުން އާއްމުވެފައިވާ ކަމަށެވެ. އެފަދަ އަމަލުތަކަކީ މިސްކިތުގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ އަމަލުތައް ކަމަށާއި އެފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުން މުހިންމު ކަަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުޑޫ ވިދާޅުވެފައިވަނީ އެ ވާހަކަ އާންމުކޮށް ނުދެއްކި ނަމަވެސް މިސްކިތްތަކަށް ގެއްލުން ދިނުން މިހާރު އާންމުވެފައިވާ ކަމަށާއި ބިލު ހުށަހެޅީ އެހެންވެ ކަމަށެވެ. އަދި މިއީ މިހާރުން މިހާރަށް ހުއްޓުވަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ކުޑޫ މިގޮތަށް ހުށަހެޅި އިރު، އައްޑޫގެ މިސްކިތަކަށާއި މާލޭގެ ތޮއިބާ މިސްކިތަށް މި ފަހުން ވަނީ ގެއްލުން ދީފަ އެވެ. އޭގެ އިތުރުން މިދިޔަ އަހަރު، މާލޭގައި ހުންނަ ފުރުގާން މިސްކިތަށް ވެސް ގެއްލުން ދީފައިވެ އެވެ.

2 Comments

  • Moote Bigalow ނޮވެމްބަރ 25, 2025

    terrorixm ah vaani vaanu vaa ga thibey meehun ekani. gaumu ge bodethi vagunaa, livaathu kulhin aky dhooni thakeh hen himaayai koffa thibey bayeh. dheenah furasaara koh anhen hedhun alhaagn aamun therey ulhey meehun aky sikudi hama nujehey bayeh. islaam dheenah vez mi gaumu ge verin huthuru aruvany. ladhu gannan jehey dhivehi rayithakah veethi

  • Noorul Haya ނޮވެމްބަރ 26, 2025

    quran ah gehlun dhey komme meehaku nafsaanee bali meehunnah vaakamey meega aslu massala akee,emeehun nafsaanee bali meehunnah nuvaane gavaidhekey beynun vanee migaumah. Insaanun ehves miskithah gehlun dhinun kushakah nehedhinama ves islam dheenuga evaanee kushakah dho meege ethah garuneh kurinves

Leave a Reply