އާސަންދަ ސްކީމުގެ ދަށުން އައިނު ހެއްދުމަށް ދޭ އެހީގެ އަދަދު 2,000 ރުފިޔާއަށް އިތުރުކުރި ފަހުން މިހާތަނަށް 47 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
އާސަންދަ ސްކީމުގެ ދަށުން އައިނު ހެއްދުމަށް މީގެ ކުރިން ދެމުން އައީ ކޮންމެ ދެ އަހަރަކުން އެއް އަހަރު 1,000 ރުފިޔާ އެވެ. ނަމަވެސް އެ އަދަދު މިދިޔަ ޖޫން މަހުން ފެށިގެން ވަނީ 2,000 އަށް ބޮޑުކޮށްފަ އެވެ.
އެންސްޕާ އިން މިއަދު ވަނީ މި އަހަރުގެ ޖޫން އިން އޮކްޓޫބަރުގެ ނިޔަލަށް އައިނު ހެއްދުމަށް ދިޔަ ހަރަދު ހާމަކޮށްފަ އެވެ. އެ އަދަދުތައް ދައްކާ ގޮތުން މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ހަރަދުކޮށްފައިވަނީ އަމިއްލަ ހިދުމަތް ދޭ ފަރާތްތަކަށެވެ.
އެގޮތުން ޕްރައިވެޓް ހިދުމަތް ދޭ 17,117 ފަރާތަކަށް 32.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ސަރުކާރު ހޮސްޕިޓަލްތަކުން ހަރަދުކޮށްފައިވަނީ 14.7 މިލިއަން ރުފިޔާ އެވެ. އެއީ 7,382 ފަރާތަކަށެވެ.




ގުޅުންހުރި
އޮޕަރޭޝަން އަލިމަގު: ގިނަ މީހުން ދޫކޮށްލައިފި، ޝަރީއަތް ނިމެންދެން ބަންދުކުރީ އެންމެ
އެކަނިވެރި މައެއްގެ މާލީ ހިސާބުތައް އާންމުކުރެވުމުން ޝަހީމް މައާފަށް އެދިއްޖެ
އަތޮޅު ކައުންސިލުތައް އުވާލަން މަޖިލީހުން ފާސްކޮށްފި
މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހަދަން ހުށަހަޅައިފި
ނޭވަލް މައިންއާ ދެކޮޅަށް ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކޮށް ރާއްޖޭގެ ސައިބާ
ޑްރަގު މައްސަލައެއްގައި އެންޑީއޭގެ މުވައްޒަފަކު އަނެއްކާވެސް ހައްޔަރުކޮށްފި