އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެ ފުލެޓުތަކަށް ފެނާއި ކަރަންޓުގެ ހިދުމަތް ފުރިހަމަކުރުމުގެ މަސައްކަތްކުރާ އިރު، ބައެއް ފަރާތްތަކުން ދަނީ އެ މަސައްކަތްތަކުގެ ސްޕީޑު ލަސްކަމުގެ ޝަކުވާތައް ކުރަމުންނެވެ. އެގޮތުން ރައީސްއާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި މައްޗަންގޮޅި ބައެއް ރައްޔިތުން ވެސް ވަނީ އެކަމުގެ ޝަކުވާކޮށްފައެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޑިސެމްބަރު ނިމޭއިރަށް ގިނަ ފުލެޓުތައް ހަވާލުކުރެވޭނެ ކަމަށް އެފްޑީސީން އެ މަނިކުފާނަށް ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
”ނުނިމޭ ތަންތަންވެސް ސްކޫލު ހުޅުވެންވާއިރަށް، އާ ދިރާސީ އަހަރަށް ހުޅުވެންވާއިރަށް ހުރިހާ ޓަވަރަކަށް މީހުންނަށް ވަދެވޭނެކަމުގެ ޔަގީންކަން ދެއްވާފައި އެބައޮތް،“ އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ފުލެޓުތައް ދެމުންގެންދަނީ ކުރީ ސަރުކާރުން ނެރެފައިވާ ލިސްޓާ އެއްގޮތަށް ކަމަށާއި އެ ލިސްޓުގައި މައްސަލަތަކެއް އުޅޭކަން ފާހަގަވީ ނަމަވެސް، އެއްވެސް ފުލެޓެއް އަތުލާފައިނުވާނެ ކަމަށެވެ.




ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި