ރާއްޖޭގެ ކަނޑުގެ މުއްސަނދިކަމާއި ރީތިކަމަކީ މި ގައުމަށް ފަތުރުވެރިން އަންނަ މައިގަނޑު އެއް ސަބަބެވެ. އެކަމަށް އޮތް ޑިމާންޑް އެނގިގެން ދަނީ ރިސޯޓްތަކާއި ގެސްޓްހައުސް ހިންގާ ރަށްރަށުގައި އެ ހިދުމަތް ދިނުމަށް ހާއްސަކޮށްގެން ސެންޓަރުތައް ހުޅުވާ އަދަދެވެ. އެ ތަންތަނުން ދޭ ހިދުމަތްތަކުގެ ފެންވަރެވެ. ޑައިވިން އިން ފެށިގެން މޫދު ކުޅިވަރުގެ އެތައް ހަރަކާތެއް އެ ސެންޓަރުތަކުން ފަތުރުވެރިންނަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު މިއަދު މި ރާއްޖޭގައި ލިބެ އެވެ.
ވޯޓާސްޕޯޓްސް ސެންޓަރުތަކަކީ ބޮޑެތި އިންވެސްޓްމަންޓްތަކެކެވެ. އެހެންކަމުން ވިޔަފާރިއަށާއި ހިދުމަތް ހޯދާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ނުހަނު މުހިންމުވެ އެވެ. އެކަމުގެ ބޭނުންތެރިކަމުގެ މުހިންމުކަމުން އެލައިޑް އިންޝުއަރެންސް އިން ވަނީ ހާއްސަ ޕްލޭނެއް ތައާރަފުކޮށްފަ އެވެ.
ޕަބްލިކް ލަޔަބިލިޓީ ފޮ ވޯޓާސްޕޯޓްސް ސެންޓަރުގެ ދަށުން ޕެކޭޖު ނަގާ ވޯޓާސްޕޯޓްސް ސެންޓަރަކުން, އެ ސެންޓަރުން ބަދަލު ދޭންޖެހޭ ހުރިހާ ކަމެއް ކަވަރުކުރާނެ އެވެ. އޭގެ ތެރޭގައި ވޯޓާސްޕޯޓްސް ސެންޓަރުން ހިދުމަތް ހޯދާ މީހަކަށް ލިބޭ އަނިޔާއެއް ނުވަތަ ވޯޓާސްޕޯޓްސް ސެންޓަރަށް ލިބޭ ގެއްލުން ހިމެނެ އެވެ.
އޭގެ އިތުރުން އިންޝުއާ ކޮށްފައިވާ ސެންޓަރަކާ ދެކޮޅަށް ހުށާހަޅާ ދައުވާއަކާ ގުޅިގެން ޝަރީއަތުގެ ހުރިހާ ހަރަދަކާއި އެހެނިހެން ހުރިހާ ހަރަދެއްވެސް މި ޕެކޭޖުގެ ދަށުން ކަވަރުކޮށްދެ އެވެ. އަދި އިންޝުއަރެންސް ނަގާ ފަރާތުން ބޭނުންވާ ނަމަ, މޫދު ކުޅިވަރުތަކާ ގުޅުންހުރި ހަރަކާތްތަކުގެ ސަބަބުން ސެންޓަރަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭ ބައެއްވެސް ނެގިދާނެ އެވެ.
މިއީ ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެން އުޅޭ ވޯޓާސްޕޯޓްސް ހިންގާ ފަރާތްތަކަށް ރައްކާވެ ތިބުމަށް އެޅިގެންދާނެ މުހިންމު ޕެކޭޖެކެވެ.




ގުޅުންހުރި
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
މޯލްޑިވްސް މެރިން އެކްސްޕޯގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް
އެލައިޑްގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި