ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ނަން ފޮޮނުވައިފި އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ މަގާމަށް މަހުލޫފް އައްޔަނުކުރުމަށް އެދި މުއިއްޒު ފޮނުވި ސިޓީ އިއްވާފަ އެވެ. އެ މައްސަލަ ފޮނުވީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.
މަހުލޫފް ޖަޕާނު ސަފީރަކަށް އައްޔަންކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ނަން ފޮނުވި އިރު މީގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ސޯބިރު މިދިޔަ ޖުލައި މަހު އަވަހާރަވުމުން އެ މަގާމު އޮތީ ހުސްކޮށެވެ.
މަހުލޫފުގެ ސިޔާސީ ހަޔާތް ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. އޭގެ ފަހުން މައުމޫން އުފެއްދެވި ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ވެސް މަހްލޫފް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެ ޕާޓީން އޭނާ ވަކިކުރީ އެވެ.
މަހުލޫފް ދެން ގުޅިވަޑައިގަތީ އެމްޑީޕީއާ އެވެ. އެއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހުގަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޔޫތް މިނިސްޓަރުކަން ކުރެއްވި އެވެ. މިދިޔަ ވެރިކަން ނިމުމަށްފަހު ސިޔާސީ ކަންކަމާ ދުރުގައި ހުންނެވުމަށްފަހު އެމްޑީޕީން މަހުލޫފް ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެންބަރު މަހު އެވެ.
މަހުލޫފް ޕީއެންސީއަށް ސޮއިކުރެއްވީ ނޮވެމްބަރު 14، ގައި އާޓިފިޝަލް ބީޗުގައި އެ ޕާޓީން ބޭއްވި ޖަލްސާގަ އެވެ.




ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް