ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަން ޖެހޭ ކަމަށްބުނެ ފަތުރާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަން ޖެހޭ ކަމަށްބުނެ ފަތުރާ ވާހަކަތައް ސަރުކާރުގެ ފަރާތުން ދޮގުކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ހީނާ ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަންޖެހޭ ކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
މީގެ ކުރިން ބޭއްވި އެފަދަ ބައްދަލުވުންތަކުގައި ބައިވެރިވި ކޮންމެ މީހަކަށްވެސް އެމީހެއްގެ ހިޔާލާއި ކަންބޮޑުވާ ކަންކަމާ ބެހޭގޮތުން މިނިވަންކަމާއެކު އެމީހަކު ދައްކަން ބޭނުންވާ ވާހަކައެއް ދެއްކުމުގެ ފުރުސަތު ރައީސް ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ކުރިއަށް ހުރި ބައްދަލުވުންތަކުގައިވެސް އަމަލުކުރައްވާނީ އެ އުސޫލުން ކަމަށާއި އެއްވެސް މީހަކު ދުރާލައި ސުވާލު ނުވަތަ ހިޔާލު އެއްވެސް ފަރާތަކާ ހިއްސާކުރަން ނުޖެހޭނެ ކަމަށެވެ.




1 Comment
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު