ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ގައި އިސްކޮށް އުޅުއްވި ޑރ. ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާ ފުލުހަށް ހާޒިރުކޮށްފިއެވެ.
ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ބުނެފައިވަނީ ސަނީ އުމަރުގެ އެފަދަ މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށާއި ނަމަވެސް އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި އާއިލާގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭގެ ފަހުން، ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ، އާއިލާގެ ފަރާތުން އިއްޔެ ވަނީ ފުލުހަށް ހުށަހަޅައިފައެވެ.
ފުލުހުން މިއަދު ބުނީ ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުރުމަށްޓަކައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) އަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވުމާއެކު، ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ ގައި އޮތް ސަނީ އުމަރުގެ ހިއްސާ އަތުލަައި ވަކިކުރަން އެ ކުންފުނިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ނިންމައިފައެވެ.
”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ އިން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަނީ އުމަރުގެ ހިއްސާ އަތުލަން ނިންމީ އެ ކުންފުނީގެ ބޯޑުން ކަމަށާއި ޓްރެވެލޫޝަން މީޑިއާގެ މާލީ އިދާރީ އަދި ސްޓްރެޓެޖިކް ހުރިހާ ކަމެއް ކުރަމުން އަންނަނީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށެވެ. އެހެންކަމުން އެ މީޑިއާ ހިންގުމުގައި ސަނީ ބައިވެރިވާ ކަމަށް ބުނެ ފަތުރާފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ޖިންސީ ގޯނާ އާއި ނާޖާއިޒު ފައިދާ ނެގުމާއި އެފަދަ އެންމެހާ ނުރަނގަޅު އަމަލުތަކަކީ އަބަދުވެސް ދެކޮޅު ހަދާ ކަންކަން ކަމަށް އެ ކުންފުނިން ބުންޏެވެ.




ގުޅުންހުރި
ގެއްލުނު ކުއްޖާ ދެ ދުވަސްފަހުން އަމިއްލައަށް ގެއަށް، ހާލު ރަނގަޅު
ސަނީ އުމަރު ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އާއިލާގެ
ހުޅުމާލެއިން އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް
ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގެއް ފަށައިފި
ސީޕީ ނަވީނާއި އިސް އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ހުށަހަޅަނީ
އޮޕަރޭޝަން އަލިމަގު: ގިނަ މީހުން ދޫކޮށްލައިފި، ޝަރީއަތް ނިމެންދެން ބަންދުކުރީ އެންމެ