ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ގައި އިސްކޮށް އުޅުއްވި ޑރ. ސަނީ އުމަރު ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކުރި އިރު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ، އާއިލާގެ ފަރާތުން އިއްޔެ ފުލުހަށް އޮތީ ހުށަހަޅައިފަ އެވެ. އަދި މިއަދު އެ މައްސަލައިގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) އަށް ސަނީ އުމަރު ވަނީ ހާޒިރުކޮށްފަ އެވެ.
ނަމަވެސް އޭނާ ފަހުން ދޫކޮށްލި އެވެ.
ފުލުހުން މިރޭ ބުނީ، އެއާޕޯޓުގައި ހުއްޓައި ސަނީ އުމަރު އެ އިދާރާގެ ”ބެލުމުގެ ދަށަށް“ ގެނެސްފައިވާ ކަމަށެވެ
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވުމާއެކު، ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ ގައި އޮތް ސަނީ އުމަރުގެ ހިއްސާ އަތުލަައި ވަކިކުރަން އެ ކުންފުނިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ނިންމައިފަ އެވެ.




ގުޅުންހުރި
އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް އިހުސާންގެ އިހުސާންތެރިކަން
އެސްޓީއޯއިން ބާޒާރުމައްޗަށް ހާއްސަ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި
ފެނަކައިން ކެމެރާ ހަރުކުރުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފި
ދެ ގުނަ ބޮޑު ޑްރެޖަރުން ރަސްމާލެ ހިއްކަން ފަށައިފި
ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ސަނީ އުމަރު ފުލުހަށް ހާޒިރުކޮށްފި
އަތޮޅު ކައުންސިލުތައް އުވާލާ ބިލު ތަސްދީގުކުރައްވައިފި