ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ގައި އިސްކޮށް އުޅުއްވި ޑރ. ސަނީ އުމަރުގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ، ކުއްޖާގެ އާއިލާގެ ފަރާތުން މިދިިޔަ އާދީއްތަ ދުވަހު ހުށަހަޅާފައި އޮތުމުން ފުލުހުން ވަނީ ސުވާލުކުރުމަށް ސަނީ އުމަރު މިދިޔަ ހޯމަ ދުވަހު ފުލުހަށް ހާޒިރުކޮށްފައެވެ. ނަމަވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.
ސަނީ އުމަރު ފުރަތަަމަ ހައްޔަރުކޮށްފައިވަނީ، މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ރާއްޖެއިން ބޭރަށް ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހުއްޓައެވެ.
ފުލުހުން އިއްޔެ ބުނީ ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވައި، އަދި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލުމަށްފަހު، ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން މިއަދު ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ސަނީ އުމަރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވުމާއެކު، ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ ގައި އޮތް ސަނީ އުމަރުގެ ހިއްސާ އަތުލަައި ވަކިކުރަން އެ ކުންފުނިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ނިންމައިފައެވެ.




ގުޅުންހުރި
ދޫކޮށްލުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އަލުން ސަނީ އުމަރު ހައްޔަރުކޮށްފި
އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް އިހުސާންގެ އިހުސާންތެރިކަން
ހައްޔަރުނުކޮށް ދޫކޮށްލި ސަނީ އުމަރު ހައްޔަރުކޮށްފި، ހައްޔަރުކުރީ ފުރައިގެންދާން އުޅެނިކޮށް އެއާޕޯޓުން!
ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ސަނީ އުމަރު ފުލުހަށް ހާޒިރުކޮށްފި
ގެއްލުނު ކުއްޖާ ދެ ދުވަސްފަހުން އަމިއްލައަށް ގެއަށް، ހާލު ރަނގަޅު
ސަނީ އުމަރު ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އާއިލާގެ