ޖަލުތަކުގައި ތިބޭ ގައިދީން ކުރާ ކޯލްތައް ރިޕޯޓް ކުރެވޭނެ ގޮތެއް ހޯމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޖަލުގައި ތިބޭ ގައިދީން އެކި ފަރާތްތަކަށް ގުޅާ ގާނޫނާ ގަވާއިދާ ހިލާގު އަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެފަދަ ކޯލްތައް އޮންލައިންކޮށް ރިޕޯޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.



