ޑިސެމްބަރ 19, 2025

ރައީސް އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ އެކެއްގެ ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވަައިފިއެވެ.

ރައީސް، ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނާއެކު ސަލާހުއްދީން ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ އަންނަ އާދީއްތަ ދުވަހުގެ ރޭ 8:30 ގައި ފޭސް އެކެއްގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާނެ ކަމަށާއި އެ ބައްދަލުވުން ކުރިއަށްދާނީ ރެހެންދި ސްކޫލުގައި ކަމަށެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާނެކަން އިއުލާންކުރައްވައިފައެވެ.

އެގޮތުގެ މަތީން ރައީސް ވަނީ ވިލިމާލެ، މައްޗަންގޮޅި، މާފަންނު، ހެންވޭރު، ގަލޮޅު އަދި ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އޭގެ އިތުރުން މިދިޔަ ބުދަ ދުވަހު ރައީސް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވައިފައެވެ.