ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކުރާ ފުލެޓުތަކުގެ މަހު ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓަށް ގެނައި ބަދަލުތައް އާންމުކޮށްފިއެވެ.
ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސަލާހުއްދީން ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެ ފުލެޓުތަކުގެ މަހު ކުއްޔާއި ޑައުންޕޭމަންޓު ކުޑަކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ކުޑަކުރުމަށް ނިންމާފައިވަނީ ޑިޕޮސިޓަށެވެ.
ގެދޮރުވެރިޔާގެ ތިން ކޮޓަރީގެ ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި މިހާރު ދައްކަންޖެހެނީ 25،000 ރުފިޔާއެވެ. އަދި މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 10،500 ރުފިޔާއެވެ. ދެ ކޮޓަރީގެ ފުލެޓުތަކަށް އެޑްވާންސްގެ ގޮތުގައި 15،000 ރުފިޔާ ދައްކަން ޖެހޭ އިރު، މަހު ކުލީގެ ގޮތުގައި ދައްކަންޖެހެނީ 7،000 ރުފިޔާއެވެ.
ރައީސް ވިދާޅުވިގޮތަށް އެ ބަދަލުތައް ސަރުކާރުގެ ފަރާތުން އާންމުކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ހިމެނޭ ތަފްސީލުތަކުގައިވާ ގޮތުން، ތިން ކޮޓަރީގެ ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ ނަގާ އިރު، މެއިންޓެނަންސް ފީ އަކީ 1،500 ރުފިޔާއެވެ. އެހެންކަމުން މަހަކު ދައްކަންޖެހޭ ޖުމުލަ ކުއްޔަކީ 10،000 ރުފިޔާއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހޭނީ 8،500 ރުފިޔާއެވެ.
އެ ބަދަލާއެކު ދެ ކޮޓަރީގެ ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 6،000 ރުފިޔާ ނަގާ އިރު، މެއިންޓެނަންސް ފީ އަކީ 1،000 ރުފިޔާއެވެ. އެއާއެކު މަހަކު ދައްކަންޖެހޭ ޖުމުލަ ކުއްޔަކީ 7،000 ރުފިޔާއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދެން ދައްކަން ޖެހޭނީ 6،000 ރުފިޔާއެވެ.




ގުޅުންހުރި
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި
ގެދޮރުވެރިޔާ ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
ޕޮއިންޓު ބަދަލުކޮށްގެން އެއްވެސް މީހަކަށް ފުލެޓުދީފައެއް ނުވާނެ: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އަންނަ ރޯދަ މަހުގެ ކުރިންވެސް 4,000 ފްލެޓްތަކަށް ވަދެވޭނެކަމުގެ އުއްމީދެއް ނެތް!؟
އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދީފައިވޭތޯ ބަލަން ފްލެޓްތައް ބަލައި ފާސްކުރަން ފަށަނީ