މި ސްކޫލު ބަންދުގައި 7726 މީހުން ރާއްޖެއިން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއާއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު, މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޑިސެންބަރު މަހާއި ޖެނުއަރީ މަހު ރާއްޖެއިން 7،726 މީހުން އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އުމްރާވެރިން ސައުދީއަށް ފުރަން ފަށާނީ, މި ހަފުތާގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.
ސްކޫލް ބަންދަކީ ގިނަ އަދަދެއްގެ ދިވެހީން އުމްރާގެ އަޅުކަމަށްދާ ދުވަސްކޮޅެކެވެ. ހާއްސަކޮށް މި އަހަރުގެ ސްކޫލް ބަންދު ޑިސެމްބަރާ ދިމާވުމުން އެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.



