ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސްގެ ދެ ކަނބަލުން މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންނެވިކަން ރައީސް އޮފީހުން ކަށަވަރުކޮށްދިން ނަމަވެސް، އެ ދަތުރުފުޅުގެ ތަފްސީލެއް ދީފައެއް ނުވެއެވެ.
ރައީސްކަމުގެ ހުވާކުރެއްވި ފަހުން ރައީސް އެންމެ ގިނައިން ވަޑައިގެންނެވި ގައުމަކީ ސިންގަޕޫރެވެ. އެގޮތުން އެ މަނިކުފާނު ވަނީ ހަތަރު ނުރަސްމީ ދަތުރުފުޅަކާއި އެއް ރަސްމީ ދަތުރުފުޅު ކުރައްވައިފައެވެ. އެއިން ކޮންމެ ދަތުރުފުޅެއްގައި ވެސް މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވައެވެ.
މިއަހަރުގެ ތެރޭގައި ރައީސް ވަނީ ސިންގަޕޫރަށް ދެ ފަހަރެއްގެ މަތިން ވަޑައިގެންފައެވެ. އެއީ މިދިޔަ ޖޫން މަހުގެ 29 ގައި ކުރެއްވި ރަސްމީ ދަތުރުފުޅާއި މިދިޔަ ޖުލައި 31 ކުރެއްވި ނުރަސްމީ ދަތުރުފުޅެވެ.




ގުޅުންހުރި
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި