ރުގްޔާގެ ނަމުގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކަށް ހުކުމްކޮށްފި

ރުގްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހަކަށް ހުކުމްކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ 2020 ވަނަ އަހަރު އެކި ދުވަސްމަތިން، އަންހެނަކާއި، އުމުރުން 18 އަހަރު ނުފުރޭ ތިން ކުދިންނަށް ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިއްކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލައިގައި ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއީލް ވަހީދާއި، ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށް ދައުވާކުރުމަށް 30 ޑިސެންބަރު 2020 ގައި ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓަށް ހުށެހެޅި 12 ދައުވާވެސް ސާބިތުވާ ކަމަށް މިއަދު ކޯޓުން ހުކުމްކޮށް ވަނީ އަދަބު ކަނޑައަޅައިފައެވެ. އެގޮތުން އަސީލު 25 އަހަރާއި ދިހަ މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ އިރު، އިސްމާއިލް ވަހީދު ހަ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

އަސީލްގެ މައްޗަށް ސާބިތުވެފައިވާ ދައުވާތަކާއި އަދަބުތައް:

  • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުން – 11 އަހަރަށް ޖަލަށްލުން
  • ކުޑަކުއްޖެއްގެ ހާޒިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުން – ހަތް އަހަރަށް ޖަލަށްލުން
  • ޖިންސީ ގޯނާކުރުން – ތިން އަހަރަށް ޖަލަށްލުން
  • ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުން – ތިން އަހަރަށް ޖަލަށްލުން
  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން – އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން
  • އަނިޔާއެއް ދިނުން –  ދެ މަހާއި 12 ދުވަހަށް ޖަލަށްލުން
  • ގައިގައި އަތްލުން – އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން
  • ޖުމްލަ އަދަބު – 25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލަށްލުން

އިސްމާއީލް ވަހީދުގެ މައްޗަށް ސާބިތުވެފައިވާ ދައުވާތަކާއި އަދަބުތައް:

  • ކުޑަކުއްޖަކާ މެދު އިހުމާލުވުމުގެ ކުށް – ތިން އަހަރަށް ޖަލަށްލުން
  • މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެ ކުށް ރިޕޯޓު ނުކުރުން – ދެ އަހަރަށް ޖަލަށްލުން
  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން – އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން
  • ގައިގައި އަތްލުން – އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން
  • ގައިގައި އަތްލުން – އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން
  • ޖުމްލަ އަދަބު – ހަ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން

1 Comment

  • Moona Moony ޖެނުއަރީ 1, 2026

    Gaanoonu nethey kiyaafa vagunnaa dhen thibibayakuves dhookohlaafa faseyha verikameh kohgen gos thibi ehves bayaku anga hulhuvaane kameh nethennu gaanoonu badhalhu kohgen ves kankan kuraathan balan thibebala program kohgen thaguveedhah kameh kureven oiy gaumehtha mi ee

Leave a Reply