ށ. ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ކުރިން ބާއްވަންޖެހޭ ޓެސްޓް ފްލައިޓް އިއްޔެ ބާއްވައިފި އެވެ.
ފުނަދޫ އެއާޕޯޓް ތަރައްގީ ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އެ ވައުދުފުޅުގެ ތެރެއިން ފުނަދޫ އެއަރޕޯޓުގެ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށް, އަމަލީ މަސައްކަތް ފެށީ ށ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފުނަދޫގައި 15 އޮކްޓޫބަރު 2025 ގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރު ނިމުމުގެ ކުރިން ފުނަދޫ އެއަރޕޯޓުގައި ލައިޓުތައް ޖަހައި ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މޯލްޑިވިއަންގެ ޓެސްޓް ފްލައިޓް ފުނަދޫއަށް ޖެއްސީ އިއްޔެ އިރުއޮއްސި 7:30 ގައެވެ.
ފުނަދޫ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން މިއަދު ބުނީ، އިއްޔެގެ ޓެސްޓް ފްލައިޓަށްފަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
ފުނަދޫ އެއާޕޯޓު ހުޅުވީ 2020 ގަ އެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.
އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއަރޕޯޓުގައި ޒަމާނީ ފެންވަރުގެ ލައުންޖެއް ހެދުމާއި ރެސްޓޯރެންޓަކާއި ޓާމިނަލްގެ ފެންވަރު މަތިކުރުމާއި ބެގޭޖް ކޮންވެޔޯ ބެލްޓް ހަރުކުރުމުގެ އިތުރުން ރަންވޭގެ ދިގުމިން އިތުރުކުރުމުގެ މަަސައްކަތް ހިމެނެ އެވެ.




ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 41 ހެކްޓަރު ހިއްކާ ނިންމައިފި، މިހާރު އެއީ
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް ދިއްދޫ ބިން
ރަސްމާލެ ހިއްކުން: 1 މަސް ތެރޭ ތިލަފުށީގެ ބިމުގެ ސައިޒަށްވުރެ ބޮޑު
ދިއްދޫ ބިން ހިއްކަން ގެނައީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަނެއް
ހުއްދަނެތި ވީއައިއޭގައި ވިޔަފާރިކުރާ ނަމަ، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު
ވީއައިއޭ އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެ