ބިރުވެރިކަމުގައި އާހިރަތް ދުވަހު ކޮންމެ މީހަކު ވެސް އުޅޭނީ އެމީހެއްގެ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެ ސަލާމަތްނުވެގެން ކަމަށާއި ދެވަނަ ފުރުސަތެއް ނެތް އެ ދުވަހުގެ އިމްތިހާނަށް ތައްޔާރުވާން ޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ދުނިޔޭގެ މި އިމްތިހާނަށް ވުރެ ބޮޑު އިމްތިހާނެއް ކުރިމަތީގައި އެބަ އޮތް ކަމަށާއި އެއީ އާހިރަތް ދުވަހުގެ އިމްތިހާނު ކަމަށެވެ. އެ އިމްތިހުނުގައި ދެވަނަ ފުރުސަތެއް ނޯންނާނެ ކަމަށް ހުތުބާގައި ބުންޏެވެ.
އެއީ ހުރިހާ އެންމެން، ފިރިހެނުންނާއި އަންހެނުން، މުއްސަނދީންނާއި ފަގީރުން އަދި ވެރީންނާއި ރައްޔިތުން ވެސް ކުރިމަތިލާންޖެހޭ އިމްތިހާނެއް ކަމަށް ހުތުބާގައި ބުންޏެވެ.
”ފަހެ، އެ ދުވަހުގެ އިމްތިހާނަށްޓަކައި ތިބާ ތައްޔާރުވެއްޖައީމުހެއްޔެވެ؟ އެ އިމްތިހާނުގައި އެހީވެދޭނޭ މީހަކު ވެސް ނުހުންނާނެއެވެ. ބައްޕައަކު ދަރިއަކަށް، އަތްނބަކު ފިރިއަކަށް، ރަހުމަތްތެރިއަކު ރަހުމަތްތެރިއަކަށް ވެސް އެހީއެއް ނުވެވޭނެއެވެ. ކޮންމެ މީހަކު ވެސް އުޅޭނީ އެ މީހެއްގެ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެ ސަލާމަތްނުވެވިގެންނެވެ..،“ ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ މަރު އައިސް އަހަރެމެންނާ ބައްދަލުކުރުމުން ލަހެއް ފަހެއްނެތި އިޖާބަދޭން ޖެހޭނެ ކަމަށާއި އެއަށްފަހު އަލުން ދިރުއްވައި މަހުޝަރުކުރެއްވުމާ ހަމައަށް، ގިޔާމަތާ ހަމައަށް އޭނާ އޮންނާނީ ކަށްވަޅުގައި ކަމަށެވެ. އަދި މަހުޝަރުކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއް ކަމަށް ހުތުބާގައި ބުންޏެވެ.
”އެ ދުވަހުގެ ބިރުވެރިކަމުގައި އެ މައިދާނުގައި، ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތެއްގައި ތިބޭން ޖެހޭނެއެވެ. އެ ބިރުވެރި ދުވަހުގެ ހުއްޓި ހުރުމަކީ ލުއިފަސޭހަ ހުއްޓިހުރުމަކަށް ހެދުމާއި ނުހެދުން އޮތީ އަހަރެމެންގެ އަތްމަތީގައެވެ. ތަގުވާވެރި ސާލިހު އަޅުންނަށް އެ ދުވަހުގެ ހުއްޓި ހުރުން އިހުސާސްކުރެވޭނީ، ދުންޔަވީ ހަޔާތުން ނަމަ މެންދުރު ނަމާދާއި އަސްރު ނަމާދާ ދެމެދުގެ ވަގުތުކޮޅެއްގެ ގޮތުގައެވެ..،“ ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނެފައިވާ ގޮތުގައި މާތް ﷲއަށް އުރެދުނު މީހުންނާއި ފާފަކުރުމުގައި ދެމި ތިބެ މަރުވެދިޔަ އެންމެންނަށް އެ ދުވަހު އޮތީ ﷲގެ ވަހީބަސްފުޅުގައިވާ ފަދައިން ކަންބޮޑުވުމާއި ހިތްދަތިކަމެވެ.




ގުޅުންހުރި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
މިއީ މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރޯދައަށް ތައްޔާރުވާންވީ މަސް: ހުތުބާ
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ:
ދުންޔަވީ އެދުންތަކުގައި މަޝްއޫލުވެ, ގާފިލުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނުން ދަނީ އިތުރުވަމުން: