ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ގައި އިސްކޮށް އުޅުއްވި ޑރ. ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ސަނީ އުމަރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިދިޔަ މަހުގެ ތިންވަނަ ދުވަހު ކޯޓުން ވަނީ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ސަނީގެ ބަންދަށް ޖަހައިދިން 30 ދުވަހުގެ މުއްދަތު މިއަދު ހަމަވާތީ އޭނާ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އެ އަމުރަކީ ޕީޖީގެ ފަރާތުން އެދިގެން ނެރުނު އަމުރެއް ކަމަށް ޕީޖީން ބުންޏެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ، ކުއްޖާގެ އާއިލާގެ ފަރާތުން ހުށަހެޅުމުން ފުލުހުން ވަނީ ސުވާލުކުރުމަށް ސަނީ އުމަރު ފުލުހަށް ހާޒިރުކޮށްފައެވެ. ނަމަވެސް އޭރު އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.
ސަނީ އުމަރު ފުރަތަަމަ ހައްޔަރުކޮށްފައިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 31 ގައި ރާއްޖެއިން ބޭރަށް ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހުއްޓައެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވުމާއެކު، ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ ގައި އޮތް ސަނީ އުމަރުގެ ހިއްސާ އަތުލަައި ވަކިކުރަން އެ ކުންފުނިން ވެސް ވަނީ ނިންމައިފައެވެ.




ގުޅުންހުރި
ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި
ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވެ އުޅޭ މީހަކު ހައްޔަރުކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފި
ގްރޫމްކޮށް ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
ނީލަމުގައި ފުލުހުން ވިއްކަނީ ހިޔާނާތުގެ މައްސަލައަކާ ގުޅޭ ހުއިފިލަނޑާތަކެއް