ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޯރެސް ވަނީ އެދެމީހުންގެ މައްޗަށް ކޮށްފައިވާ ދައުތަކަށް އިންކާރު ކޮށްފައިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕްގެ ސިދާ އަމުރަކަށް އެމެރިކާ ސިފައިންވަނީ ވެނެޒުއެލާއަށް ޙަމަލާދީ އެ ޤައުމުގެ ރައީސް މަޑޫރޯއާއި އޭނާގެ އަނބިކަނބަލުން ރަހީނުކޮށްގެން ޤައުމުން ބޭރަށް ގެންގޮސްފައެވެ. އެ ދެ ބޭފުޅުން ގެންގޮސްފައި ވަނީ ނިއު ޔޯކުގައި ހުންނަ ޑިޓެންޝަން މަރުކަޒަކަށެވެ.
މަޑޫރޯ އާއި އޭނާގެ އަނބިކަބަލުން ސިލިއާ ފްލޯރެސް އިއްޔެ ފުރަތަމަފަހަރަށް އެމެރިކާގެ މެންހަޓަންގައި ހުންނަ ފެޑެރަލް ކޯޓަށް ހާޒިރުކުރުމުން މަޑޫރޯ ވިދާޅުވީ ވެނެޒުއޭލާގައި އެމެރިކާ ސިފައިން އަނިޔާވެރިކަމާއިއެކު އޭނާ ރަހީނު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ އެމެރިކާއިން އުފައްދައިގެން ކުރިޔަށްގެންދާ ދައުވާތަކެއްކަމަށާއި، އެހެންކަމުން އެ ދައުވާތަކަށް އިންކާރު ކުރާކަމަށެވެ. އަދި އޭނާއަކީ ކުއްވެރިއެއްނޫންކަމަށާއި، އޭނާއަކީ ހުލްޤު ހެޔޮ ބޭފުޅެއް ކަމަށާއި، ވެނެޒުއެލާގެ ރައީސްއަކީ އަދިވެސް އޭނާ ކަމަށް ވިދާޅުވެފަވެއެވެ.
ބައި ގަޑިއިރަށް ދެމިގެންދިޔަ މި އަޑުއެހުމުގައި މަޑޫރޯއާ ދެކޮޅަށް އުފުލާފައި ވަނީ ޑްރަގް ވިޔަފާރިކުރުމުގެ ދައުވާއަކާއި ޑްރަގް ވިޔަފާރި ކޮށްގެން ހޯދާ ފައިސާ ހަގުރާމަވެރިންނަށް ޚަރަދުކުރުމަށް ބޭނުންކުރާކަމުގެ ދައުވާއެވެ. މި މައްސަލައިގައި ދެން އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައި ވަނީ މާރިޗު މަހުގެ 17ވަނަ ދުވަހަށެވެ.
އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން އަންނަ އަންގާރަ ދުވަހު ބާއްވާ ގާނޫނު ހަދާ މަޖިލީހުގެ ސިއްރު ބައްދަލުވުމެއްގައި މަޑޫރޯ ހައްޔަރު ކުރުމަށް މެދުވެރިވި އޮޕަރޭޝަނާއި އެ ސަރަހައްދުގައި އެމެރިކާ އިން ގެންގުޅޭ ސްޓްރެޓެޖީއާ ބެހޭ މައުލޫމާތު ގާނޫނު ހަދާމަޖިލީހުގެ މެމްބަރުންނަށް ދެއްވުމަށްވަނީ ހަމަޖެހިފައެވެ.




ގުޅުންހުރި
ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭކަށް ބޭނުމެއް ނޫން، އުންމީދަކީ
މާލޭގައި 300 މަސާޖު ޕާލާ! ރައީސް ވިދާޅުވީ 1 މަސް ތެރޭ
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި
ރާއްޖެ-ލަންކާ ބޯޑާ ކޮންޓްރޯލް އުވާލައި، ވިސާ ނަގަންނުޖެހޭ ގޮތަށް ހަދަން ނަޝީދު
އުމުރުން 75 އަހަރާ ހަމައަށް ވަޒީފާގައި ހުރެވޭ ބިލް ތަސްދީގު ކުރައްވައިފި
ރީކޯ މޫސަ ގޮވައިގެން އިލްމުވެރިންގެ ގުޅުމުން ޕޮލިހަށް!