އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އިތުރު 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ބައްސާމް މިހާރުވެސް ގެންދަނީ ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ހިޔާނާތުގެ ދައުވާއެއްގައި އިއްވި ހަތަރު އަހަރާއި މަނީ ލޯންޑަރިންގެ ދައުވާއެއްގައި އިއްވި ފަސް އަހަރު ދުވަހެވެ. އެހެންކަމުން މިއަދު އިއްވި ޖަލު ހުކުމާއެކު އޭނާ މިހާރު ތަންފީޒު ކުރަންޖެހޭނީ 32 އަހަރުގެ ޖަލު ހުކުމެކެވެ.
ބައްސާމްގެ މައްޗަށް މިއަދު ހުކުމް ކޮށްފައިވަނީ ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.
އެ ދެ ދައުވާ ސާބިތުވާ ކަމަށް ގާޒީ ވަނީ މިދިޔަ އާދިއްތަ ދުވަހު ކަނޑައަޅުއްވައިފަ އެވެ. އެހެންވެ، މިއަދު ވަނީ މައްސަލައިގެ އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން އަޑުއެހުމެއް ބާއްވައިފަ އެވެ.
އެ އަޑުއެހުމުގައި ދައުލަތުން އެދުނީ މީގެ ކުރިން ވެސް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ބައްސާމްގެ މައްޗަށް ސާބިތުވެފައިވާތީ އަދި އޭނާ ހިޔާނާތްތެރިވެފައިވަނީ އެތައް ގިނަ ޒުވާނުނެއްގެ މަސްލަހަތު ހިމެނޭ ފައިސާއަށް ކަމަށް ވާތީ އެންމެ ބޮޑު އަދަބު އިއްވައިދޭށެވެ. އެގޮތުން ދައުލަތުން ހިޔާނާތުގެ ދައުވާގެ އަދަބެއްގެ ގޮތުގައި ހަތަރު އަހަރު އަދި މަނީ ލޯންޑްރިންގެ ދައުވާގެ އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިދިނުމަށެވެ.
ނަމަވެސް ބައްސާމްގެ ފަރާތުން ވަނީ އަދަބު ބޮޑު ކުރަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެފަ އެވެ. އަދި ޖަލު ހުކުމްގެ އެއްބައި ޖޫރިމަނާއަށް ބަދަލުކޮށްދޭން ވެސް އެދުނެވެ.
އެ ކަންކަމަށް ބެއްލެވުމަށްފަހް މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ ގާޒީ މުހައްމަދު މިސްބާހު ކުރެއްވި ހުކުމަކީ:
- ހިޔާނާތުގެ ކުށުގެ ދައުވާގެ އަދަބު އަސާސީ އަދަބަށްވުރެ ތިން ދަރަޖަ މަތިކޮށް، އަށް އަހަރަށް ޖަލަށްލުމަށް އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް
- މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި އިއްވީ 15 އަހަރަށް ޖަލަށް ލުމަށާއި މަނީ ލޯންޑާކުރި 44.7 މިލިއަން ރުފިޔާ ދެއްކުމަށް. އޭގެ އިތުރުން މަނީލޯންޑާ ކުރި ކަމަށް ބުނާ 5.7 މިލިއަން ރުފިޔާ ހުރި ތަނެއް ހޯދައި ދައުލަތަށް ނެގުމަށް ވެސް ހުކުމް ކުރި




ގުޅުންހުރި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ