އެޑްމިޓް ކޮށްފައިވާ އުމްރާވެރިއަކު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ޝަހީމް ވިދާޅުވީ ސްކޫލް ޗުއްޓީގައި ރާއްޖެއިން 7،000 އަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށް ގޮސްފައިވާ ކަމަށެވެ. އެ ހުރިހާ އުމްރާވެރިންގެ ހާލުވެސް ޖުމުލަ ގޮތެއްގައި ރަނގަޅު ކަމަށްވެސް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، އެޑްމިޓް ކޮށްފައިވާ އުމްރާވެރިޔާ މި މަހުގެ 10 ވަނަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށެެވެ. އަދި ބަލި މީހާ ރާއްޖެ ގެނައުމުގެ ކަންކަމުގައި އައިޖީއެމްއެޗް އަދި މޯލްޑިވިއަންގެ ފަރާތުން ދެމުން އަންނަ އެއްބާރުލުމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
މާލެ ގެނައުމަށް މަސައްކަތް ކުރާ މީހާއަކީ ކޮން ގުރޫޕެއްގެ ހަވާލުގައި އުމްރާއަށް ދިޔަ، ކޮން އުމުރެއްގެ މީހެއް ކަމެއް އަދި އޭނާ އެޑްމިޓް ކުރީ ކީއްވެގެން ކަމެއް ޝަހީމް ވިދާޅެއްނުވެ އެވެ. އެ މައުލޫމާތު އަދި ލިބޭ ގޮތެއްވެސް ނުވެ އެވެ.




ގުޅުންހުރި
ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭކަށް ބޭނުމެއް ނޫން، އުންމީދަކީ
މާލޭގައި 300 މަސާޖު ޕާލާ! ރައީސް ވިދާޅުވީ 1 މަސް ތެރޭ
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި
ރާއްޖެ-ލަންކާ ބޯޑާ ކޮންޓްރޯލް އުވާލައި، ވިސާ ނަގަންނުޖެހޭ ގޮތަށް ހަދަން ނަޝީދު
އުމުރުން 75 އަހަރާ ހަމައަށް ވަޒީފާގައި ހުރެވޭ ބިލް ތަސްދީގު ކުރައްވައިފި
ރީކޯ މޫސަ ގޮވައިގެން އިލްމުވެރިންގެ ގުޅުމުން ޕޮލިހަށް!