މިހާރު އުވާލާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ މައްޗަށް ދައުވާކޮށްފި އެވެ
ބްރޯޑްކޮމްގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ، ޖިންސީ ފުރައްސާރަ ކުރުމުގެ ދައުވާއާއި ގައިގައި އަތްލުމުގެ ދައުވާ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.
މުވައްޒަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ ފެންމަތިވެ، ފަޒީން މަގާމުން ވަކިކުރުމުގެ މަރުހަލާ މަޖިލީހުން ފެށުމުން، މިދިޔަ މާޗު މަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ފަޒީން ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް އޭރު ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ތުހުމަތުތަކަށް ބާރުދޭ ހެއްކެއް ވެސް ނެތެވެ.
ބްރޯޑްކޮމްގެ މެންބަރަކަށް ފަޒީން އައްޔަންކޮށްފައިވަނީ 7 މާޗު 2021ގަ އެވެ. އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އޭނާ އައްޔަންކުރީ 19 ޖެނުއަރީ 2023ގަ އެވެ. އެއީ އެ މަގާމުގައި އޭރު ހުންނެވި އަހުމަދު ގައިސް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް