ފުލުހުންގެ ޑްރަގް އެންފޯސްމެންޓާއި ކައުންޓާ ނާކޮޓިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށް ވުރެ ގިނަ ޑުރަގާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި/ ވަލުތެރޭގެ، މުހައްމަދު އީވާން ހާމިދު، 23އ އަދި ހ. ސަކީނާމަންޒިލް، މުހައްމަދު ރާއިދު އަލީ އަސްގަރު، 31އ އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހޯމަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި އެ ދެ މީހުން ހައްޔަރު ކުރީ މާލޭ އެޕާޓުމެންޓެއް ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް ހަތް ދުވަސް ކޯޓުން ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.



