ސޯމާލިއާގެ ދައުލަތާ ދެކޮޅަށް ބަޣާވާތްކުރުމަށްފަހު, އެ ގައުމުން ވަކިވެގަނެގެން އުޅޭ ސޯމާލީލޭންޑަށް ފަލަސްތީން ރައްޔިތުން ބަދަލުކުރަން އިޒްރޭލުން ރާވަމުންދާ ކަމަށް ސޯމާލިއާގެ ޑިފެންސް މިނިސްޓަރު އަހުމަދު މޯލިމް ފީގީ ތުހުމަތު ކުރައްވައިފި އެވެ.
އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ފީގީ ވަނީ ސޯމާލީލޭންޑް ބަލައިގަތުމަށް އިޒްރޭލުން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވާލައިފަ އެވެ. އަދި އިޒްރޭލުގެ އެ އަމަލަކީ ސޯމާލިއާގެ އިސްތިގުލާލަށް ދިން ސީދާ ހަމަލާއެއް ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, މީގެ 20 އަހަރު ކުރިން ފެށިގެން ގައުމުތައް ބައިބައި ކުރުމަށް އިޒްރޭލުން ޕްލޭންތަކެއް ރާވަމުންދިޔަ ކަމަށާއި އެ ގައުމުން ބޭނުންވަނީ މެދުއިރުމަތި ދެބައިކޮށް ގައުމުތަކެއް ކޮންޓްރޯލް ކުރުމަށް ކަމަށެވެ.
”ފަލަސްތީންގެ ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވާފައިވާކަމުގެ ކަށަވަރު މައުލޫމާތު ވަނީ ލިބިފައި,“ ފީގީ ވިދާޅުވި އެވެ.
ސޮމާލީލޭންޑްއަކީ 1991 ވަނަ އަހަރު ސޮމާލިއާގެ ވެރިކަމާ ދެކޮޅަށް އެ ގައުމުގެ ވާދަވެރި ފަރާތްތަކުން ކުރި ބަޣާވާތާ އެކު އެގައުމު ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެން ދިޔުމާއެކު ބާޣީ ޖަމާއަތްތަކުން ދައުލަތުގެ ނިޒާމާ ވަކިވެގަނެ އެ ގައުމުގެ އުތުރުގައި އުފެއްދި ބާޣީ އެންޓިޓީއެކެވެ. އެ ހިސާބުން މި އެންޓިޓީ ވަނީ ރިޕަބްލިކް އޮފް ސޮމާލީލޭންޑްގެ ނަމުން އެ ސަރަހައްދަށް ނަންދީ ޣައިރު ގާނޫނީ ގޮތުން މިނިވަންކަން އިއުލާނުކޮށްފަ އެވެ.
ފާއިތުވި 34 އަހަރު ދުނިޔޭގެ އެއްވެސް ގައުމަކުން ސޮމާލީލޭންޑަށް އިއުތިރާފު ވެފައެއް ނުވެއެވެ. ނަމަވެސް، މިދިޔަ ޑިސެންބަރު މަހު އިޒްރޭލުން ވަނީ ސޮމާލީލޭންޑަކީ މިނިވަން ދައުލަތެއް ކަމަށް އިއުތިރާފުވެފަ އެވެ.
އިޒްރޭލުން ސޮމާލީލޭންޑަށް އިއުތިރާފުވެފައި ވަނީ ސޮމާލިޔާގެ ބާޣީ ލީޑަރު އަދި ސޮމާލީލޭންޑުގެ ވެރިޔާ އަބްދުއްރަހްމާން މުހައްމަދު އަބްދުﷲ އިސްރާއީލަށް ގޮސް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި އިސްރާއީލުގެ ޚާރިޖީ ވަޒީރު ގަދްއޫން ސާއިރާ ބައްދަލުކުރުމަށް ފަހު، މި ތިން މީހުން ސޮއިކޮށް ނެރުނު ބަޔާނެއްގަ އެވެ.




1 Comment
ގުޅުންހުރި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް
މެކްސިކޯ ޑުރަގް ބޮޑުގެ މަރާއެކު ހަމަނުޖެހުން، ކޮންޓްރޯލް ކުރަން 10,000 ސިފައިން
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!