ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު ސޮފްވާން އަހުމަދު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
މެއި 2024 ގައި ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ސޮފްވާންއާ ގުޅޭ މައްސަލައެއް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބަލަމުން އަންނާތީ، މަގާމުގެ ޒިންމާތަކުން މިދިޔަ އަހަރު ވަނީ އެކަހެރި ކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުން މިއަދު ބުނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގެ އެތުލީޓުން ތަމްރީނު ކުރުމުގެ ޒިންމާ އޮތް މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފަވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.




ގުޅުންހުރި
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް:
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު: