އަރިދަފުސް ރޯގާ އާއި ޑެންގީ ހުން އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފިއެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އެ ހޮސްޕިޓަލަށް ދައްކާ ފަރާތްތަކުގެ ތެރެއިން އަރިދަފުސް ރޯގާ، ބޭރަށް ހިންގުމާއި ޑެންގީ ގުން އިތުރުވަމުންދާތީ، ރައްކާތެރިވުމަށްޓަކައި ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.
އެގޮތުން ރޯގާގެ އަލާމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް އަދި ހޮސްޕިޓަލަށް ޒިޔާރަތްކުރާ އިރު، މާސްކު އެޅުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.
އައިޖީއެމްއެޗުން ބުނީ އުމުރުން ދުވަސްވީ މީހުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން، ކުޑަކުދިން، މާބަނޑު މީހުން އަދި ދިފާއީ ނިޒާމު ބަލިކަށި މީހުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށާއި ސާފުތާހިރުކަމަށް އިސްކަންދިނުމާއި ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުން ނުވަތަ ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަށް ވެސް އެދޭ ކަމަށެވެ.
އޭގެ އިތުރުން މަދިރި އާލާވާ ފަދަ ފެން ހަރުލާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށާއި ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތްނުކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ވަނީ ހުމާއި އަރުދަފުސް ރޯގާ ހުންނަ ހުރިހާ ފަރާތްތަކަށް ހާއްސަކޮށް ފުލޫ ކްލިނިކެއް ވެސް ގާއިމުކޮށްފައެވެ.
އައިޖީއެމްއެޗުން ބުނީ ފްލޫ ކްލިނިކަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކުން ވެސް ފުރަތަމަ ޒިޔާރަތްކުރަން ޖެހޭނީ އީއާރް ޓްރައިޖަށް ކަމަށާއި ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގެމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ޒިޔާރަތްކުރުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެ ކަމަށެވެ.




ގުޅުންހުރި
މިނަށްވުރެ ބަރުދަން މަތި މީހުންގެ ބަރުދަން ދަށްކުރަން ހަދާ ސާޖަރީގެ ހިދުމަތް
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ
މުޒާހަރާގެ ބައިވެރިއަކަށް ހާޓް އެޓޭކެއް ޖެހުން: ޕެޕާ ސްޕްރޭއަކުން ހާޓް އެޓޭކެއް
ނަފުސާނީ ބަލި މީހަކު، އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީފި، އިތުރު
5 އަހަރު ފަހުން ލިބުނު ދަރިފުޅު މަރުވީ އައިޖީއެމްއެޗުގެ އިހުމާލުން؟ މައްސަލަ