އެލައިޑް އިންޝުއަރަންސްގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކޮށް، ”ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސް“ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެ މުނާސަބަތުގައި، ނިމިދިޔަ އަހަރު އެލައިޑް އިންޝުއަރެންސުން ހޯދި ބޮޑެތި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިއަހަރަށް އެ ކުންފުނިން ކަނޑައަޅާފައިވާ ކަންތައްތައް ވަނީ ހިއްސާކޮށްފައެވެ.
ނިމިދިޔަ އަހަރަކީ އެލައިޑްގެ ހިދުމަތަށް 40 އަހަރު ފުރުނު އަހަރެވެ. މިދިޔަ އަހަރު ކުންފުނިން ވަނީ މުޖުތަމައަށް ފައިދާހުރި، ދެމެހެއްޓެނިވި އަދި ކޯޕަރޭޓް ޕާޓްނާޝިޕްގެ އެކި ހަރަކާތްތައް ކާމިޔާބުކަމާއެކު ހިންގައިފައެވެ.
އެލައިޑުން ބުނީ މިއަހަރު އެ ކުންފުނީގެ ހިދުމަތްތައް ތަރައްގީކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި ހަމައެއާއެކު، އެލައިޑުން މަސައްކަތް ކުރަމުންދާނީ މާލީގޮތުން ފުއްދުންތެރިކަން ލިބިފައިވާ ’އޭ-ރޭޓެޑް‘ ރީ-އިންޝުއަރަރަންސް ކުންފުނިތަކާއެކު ކަމަށް އެލައިޑުން ބުންޏެވެ.
ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ އިތުބާރުހުރި އިންޝުއަރަންސް އަދި ތަކާފުލް ހިދުމަތްދޭ ކުންފުނީގެ ގޮތުގައި އެލައިޑުން އަދާކުރާ ދައުރު މިއަހަރުވެސް އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށާއި ހަމައެއާއެކު، އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ހާއްސަކޮށްގެން ފަރުމާކުރެވޭ އިންޝުއަރަންސް އަދި ތަކާފުލް ޕްލޭންތަކަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށް އެލައިޑުން ބުންޏެވެ.
އޭގެ އިތުރުން، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މަސައްކަތްތައް ހަލުވިކޮށް، ކަސްޓަމަރުންނަށް ފަހި ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ވެސް މަސައްކަތްކުރެވޭނެ ކަމަށް އެލައިޑުން ބުންޏެވެ.
އެލައިޑުން ބުނީ މިއަހަރު ވެސް މުހިންމު ކޯޕަރޭޓް ޕާޓްނާޝިޕްތަކާއި ކޯޕަރޭޓް ޕްލެޓްފޯމްތަކުގައި އެ ކުންފުނީގެ ބައިވެރިވުން އިތުރުކުރުމަށް އެ ކުންފުނިން އިސްކަންދޭނެ ކަމަށެވެ. އަދި މިއަހަރު މުޖުތަމައަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކުގައި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭނީ ދުޅަހެޔޮކަމާއި ސިއްހަތާ ގުޅުންހުރި ކަންކަމަށް ކަމަށް އެލައިޑުން ބުންޏެވެ.
އެލައިޑުގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން، އެ ކުންފުނީގެ އަސްލު ނުގެއްލޭނޭހެން ކުންފުނީގެ ލޯގޯ އަދި އެލައިޑް އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލްގެ ލޯގޯއަށް ގެނެވުނު ބަދަލު މިއަދު ވަނީ ރަސްމީކޮށް ދައްކާލައިފައެވެ.
މިއަދާ ގުޅިގެން އެލައިޑުން ވަނީ ހާއްސަ ”ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސް“ ޕްރޮމޯޝަނެއް އިއުލާންކޮށްފައެވެ. އެ ޕްރޮމޯޝަންގައި 25 އިންސައްތައިގެ ހާއްސަ ޑިސްކައުންޓެއް އޮންލައިންކޮށް މޮޓޯ ކޮންމްޕްރިހެންސިވް ނަގާ ފަރާތްތަކަށް ލިބެއެވެ. އެ ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 15 ގެ ނިޔަލަށް، ޕޮލިސީ ނަގާ ފުރަތަމަ 41 ފަރާތަށެވެ. އޭގެ ތެރޭގައި އެލައިޑް ތަކާފުލްގެ ޕްލޭންތައް ވެސް ހިމެނެއެވެ.
މިއަދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން ”ރައްކާ 2026“ ކުރިއަށްގެންދިއުމަށްޓަކައި އެލައިޑާއި ފުލުހުންނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމެވެ. ފުލުހުންނާ ގުޅިގެން 2014 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދެވޭ އެ މަސައްކަތަކީ، މަގުމަތީގެ ރައްކާތެރިކަމާއި މުޖުތަމައުގެ ލާބައަށް އެ ކުންފުނިން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ މަސައްކަތެކެވެ.
އެ އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނެވެ. އެ ޕާޓްނަޝިޕަކީ މުޖުތަމައުގެ ރައްކާތެރިކަމާއި އިޖުތިމާއީ ޒިންމާ އަދާކުރުމުގައި އެލައިޑުން ދަމަހައްޓަމުންދާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މިދިޔަ އަހަރު އެލައިޑްގެ ހިދުމަތަށް 40 އަހަރު ފުރުނު އިރު، އެ ކުންފުނިން ކުރިއަށްގެންދިޔަ ފާހަގަކޮށްލެވޭ ބައެއް ހަރަކާތްތަކުގެ ތެރޭގައި، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް ހިންގި ”ޑައިވް 40“ އިނީޝިއޭޓިވް އާއި، ފުލުހުންނާ ގުޅިގެން ކުރިއަށްގެންދިޔަ ”ރައްކާ“ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން ހިމެނެއެވެ.
އޭގެ އިތުރުން، މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި ފެމިލީ ތަކާފުލް ޕްލޭންތަކަށް އާންމުން އަހުލުވެރިކުރުވުމަށް ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި ”އެލައިޑް ފެސްޓް 2025“ ގެ ސިލްސިލާ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން ”އެލައިޑް ބައިސްކަލު ރޭސް“ ވެސް ވަނީ ބާއްވައިފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި އެލައިޑުން ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ އެކި ކޯޕަރޭޓް ޕްލެޓްފޯމްތަކާއި ގުޅިގެން ކުންފުނީގެ ދައުރު އިތުރަށް ފުޅާކޮށްފައެވެ. އޭގެ ތެރޭގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީ.ޓީ.އެމް)، ބިޒްވީކް، ސީއީއޯ ސަމިޓް، މޯލްޑިވްސް ޓެކްސް ފޯރަމް، މެރިން އިންޑަސްޓްރީ ފޯރަމް، މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް، މޯލްޑިވްސް މެރިން އެކްސްޕޯ އަދި މޯލްޑިވްސް ލިވިން އެކްސްޕޯ ފަދަ ޕްލެޓްފޯމްތައް ހިމެނެއެވެ.
މިދިޔަ އަހަރު އެލައިޑުން ވަނީ ތާރީހީ ކާމިޔާބީއެއް ހާސިލުކޮށްފައެވެ. އޭގެ ކުރީ އަހަރާ އަޅައިބަލާއިރު އާމްދަނީއަށް ވަނީ ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ލިބިފައެވެ. އޭގެ އިތުރުން، މާކެޓްގެ ރަނގަޅު އިންސައްތައެއް ވެސް ވަނީ ހާސިލުކޮށްފައެވެ.
މިދިޔަ އަހަރު، އެލައިޑްގެ އިސްލާމިކް ވިންޑޯއަށް 10 އަހަރު ފުރުނު މުނާސަބަތާ ގުޅުވައި، ”އަޔާދީ ތަކާފުލް“ ގެ ނަން ވަނީ ”އެލައިޑް ތަކާފުލް“ އަށް ބަދަލުކޮށް ރީބްރޭންޑްކޮށްފައެވެ. އޭގެ އިތުރުން، އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ (އިފްސާ) އެވޯޑްސްގައި، ފާއިތުވި ދިހަ އަހަރުގެ (2016-2025) އެންމެ ފާހަގަކޮށްލެވޭ ތަކާފުލް ވިންޑޯގެ ޝަރަފުވެރި ލަގަބު އެލައިޑް ތަކާފުލްއަށް ވަނީ ލިބިފައެވެ. އަދި ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސް (ޖިފާ) އިން ދޭ ޖިފާ އެކްސެލެންސް އެވޯޑް (ތަކާފުލް) 2025 ވެސް ވަނީ ލިބިފައެވެ.




ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެލައިޑުން އެސްއެމްއީތަކަށް ހާއްސަ ”ކޯޕަރޭޓް ގްރޫޕު ހެލްތު އިންޝުއަރެންސް“ ޕެކޭޖުތަކެއް
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
”އެލައިޑް ފެސްޓް“ ސީރީޒްގެ މާލޭ އެޑިޝަން މިއަދާއި މާދަމާ އާޓިފިޝަލް ބީޗްގައި
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
ޕަބްލިކް ލަޔަބިލިޓީ އިންޝުއަރެންސް; ވޯޓާސްޕޯޓްސް ސެންޓަރުތަކަށް ފުރިހަމަ ރައްކާތެރިކަން