ދިވެހި ދެމަފިރިއަކަށް ލިބުނު އެއްމާބަނޑު ތިން ކުދިން ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި އެ ތިން ކުދިންނަކީ ދުވަސް ނުފުރާ އުފަންވެފައިވާ ތިން ކުދިންނެވެ.
އަންހެން މީހާ އެ ކުދިން ވިހާފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. ނަމަވެސްއެ އަންހެން މީހާ ދުވަސް ނުފުރާ ވިހެއީ ސިއްހީގޮތުން ކޮން ކަމެއް މެދުވެރިގެން ކަމެއް ކަށަވަރެއް ނުވެއެވެ.
އެ ކުދިންގެ ޖަނާޒާ މިއަދު ހަވީރު ހުޅުމާލޭ ސަހަރާގައި ވަނީ ބާއްވައިފައެވެ.



