ޕްރައިވެޓް ކެނޑިޑޭޓުންގެ ގޮތުގައި އެޑެކްސެލް އޭ ލެވެލް ހަދަން ބޭނުންވާ ފަރާތްތަކަށް މިއަހަރުން ފެށިގެން މެއި/ޖޫންގައި ރާއްޖޭގައި އެ އިމްތިހާނު ހެދޭގޮތަށް ހަމަޖައްސައިފިއެވެ.
މެއި/ޖޫންގެ އިމްތިހާނު ރާއްޖޭގައި ބޭއްވުން 2019 ވަނަ އަހަރަށްފަހު ހުއްޓާލައި، މިހާރު އޭ ލެވެލް އިމްތިހާނު ބާއްވަނީ އޮކްޓޯބަރު/ނޮވެމްބަރުގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިއަހަރުން ފެށިގެން އޭ ލެވެލް އިމްތިހާނު މެއި/ޖޫންގައި ރާއްޖޭގައި އޮންނާނެ ކަމަށެވެ.
ރާއްޖޭގައި މެއި/ޖޫންގައި އެ އިމްތިހާނު ބޭއްވުން ހުއްޓާލުމާ ގުޅިގެން އެ އިމްތިހާނުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން ރާއްޖޭން ބޭރަށް ގޮސް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށާއި އެގޮތުން އެވްރެޖްކޮށް ކުއްޖަކު އަތުން 30،000 އަށްވުރެ ގިނަ ރުފިޔާ ހަރަދުވާކަން ފާހަގަކުރެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަހަރުގެ މެދުތެރޭގައި އޭ ލެވެލް އިމްތިހާނު ބޭއްވި ނަމަވެސް ސްކޫލް ކުދިންނަށް އެ އިމްތިހާނު އޮންނާނީ އޮކްޓޯބަރު/ނޮވެމްބަރުގައެވެ.



