ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ އިތުރު ގައިދީއަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ހުޅުމާލޭ ޖަލުގައި ދިގު ހުކުމެއް ތަންފީޒުކުރަމުންދިޔަ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ / ހަސަން ނިޔާޒް (45އ) އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މިރޭ ބުނީ މިއަދު މެންދުރުފަހު އޭނާއަށް ކުއްލި މެޑިކަލް އެމަޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް މެންދުރުފަހު 1:30 ގެންދެވި، އަވަސް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. އަދި މެންދުރުފަހު 2:05 ގައި އޭނާ ނިޔާވި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ހަސަން ނިޔާޒް ނިޔާވުމާ ގުޅިގެން އެކަން ވަގުތުން ފުލުހުންނާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އަންގާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
މިއީ މިއަދު މަރުވި ދެވަނަ ގައިދީއެވެ. ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް، މިއަދު ހެނދުނު މަރުވީ ދަފްތަރު ނރ. 439 / އިބްރާހިމް ސުހުއިލް (53އ) އެވެ. އޭނާއަކީ ވެސް ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއެކެވެ.
ކަރެކްޝަންސް އިން ބުނީ އިބްރާހިމް ސުޙެއިލްގެ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވާ ކަމަށާއި އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން، މިއަދު ހެނދުނު 9:05 ހާއިރު ކަމަށެވެ. އަދި އޭނާއަކީ މިދިޔަ އަހަރު ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައި މީހެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.




ގުޅުންހުރި
ހާލު ދެރަވެގެން ފަރުވާ ހޯދަމުންދިޔަ ގައިދީއަކު މަރުވެއްޖެ
ކަރަންޓު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާން ރޯވެ ސްޓެލްކޯގެ މުވައްޒަފަކު ފިހިއްޖެ
ފިހާރައެއްގެ ސޭޓަކަށް އިން އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
ސްކޭމްތަކާ ގުޅިގެން މާފުށި ޖަލުގައި އޮޕަރޭޝަނެއް، 33 ފޯނާއި އިލެކްޓްރޯނިކް ސާމާނު
ޖަލަށް މަނާތަކެތި ވެއްދި ކަމަށް ތުހުމަތު ކުރެވޭ އޮފިސަރުން އަދިވެސް ސަސްޕެންޝަންގައި
ޑުރަގް މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި މީހަކު ހިތް