ސްރީ ލަންކާގައި ކުރިއަށް ގެންދާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމަކަށް ރާއްޖޭގެ 52 ދަނޑުވެރިއަކު ފުރައިފި އެވެ.
މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީ އަދި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާ ގުޅިގެން މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން ހިންގާ ޕްރޮގްރާމެކެވެ.
މިނިސްޓްރީން ބުނީ ޕްރޮގްރާމްގައި އެންމެ ޒަމާނީ ގްރީން ހައުސްގައި ދަނޑުވެރިކަން ކުރާ ގޮތުގެ މައުލޫމާތާއި އަމަލީ ގޮތުން މަސައްކަތްކުރުމުގެ ފުރުސަތު ވެސް ދަނޑުވެރިންނަށް ލިބޭނެ ކަމަށެވެ.
އެ ޕްރޮގްރާމްގެ ބައިވެރިންގެ ގޮތުގައި ލަންކާއަށް ދިޔަ ދަނޑުވެރިންނަކީ މެޕްގެ ފަރާތުން ކުރިއަށް ގެންދިޔަ ލީޑް ފާމާ ނުވަތަ އިސްދަނޑުވެރިންގެ ތަމްރީނުތައް ފުރިހަމަ ކޮށްފައިވާ މީހުންނާއި ދަނޑުވެރިންނަށް ހުޅުވާލެވުނު ގްރާންޓް، ދަނޑުވެރި މަންފާގެ ދަށުން ގްރާންޓް ލިބި އަމިއްލަ ގްރީން ހައުސްގައި ދަނޑުވެރިކަން ކުރަން ފަށައިވާ ދަނޑުވެރިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މެޕް ޕްރޮޖެކްޓްގެ ތެރެއިން ތަމްރީނުތައް ދަނޑުވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން 12 ރަށެއްގައި ގްރީން ހައުސް އިންސްޓޯލްކޮށްގެން ކްލައިމެޓް ސްމާޓް ނުވަތަ ތިމާވެއްޓާ ރަށްޓެހި ދަނޑުވެރިކަންވަނީ ތައާރަފުކޮށްފަ އެވެ.
އޭގެ އިތުރުން ދަނޑުވެރިކަމުގެ ގެންގުޅެންޖެހޭ ރަނގަޅު އާދަތައް އަދި މިންގަޑުތައް ދަސްކޮށްދީ ދަނޑުވެރިންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށްޓަކައި ގިނަގުނަ އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދެވިފައިވެ އެވެ. މި މިންގަނޑުތަކަށް އަޙުލުވެރިކުރުވައި ރާއްޖެއިން ބޭރުގައި ގެންގުޅޭ ދަނޑުވެރިކަމުގެ އެކިއެކި އުކުޅުތަކަށް ލޯހުޅުވައިދިނުމުގެ ގޮތުން ކުރިއަށްގެންދެވޭ މި ދަތުރުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ޕްރޮޖެކްޓްގެ ހިލޭ އެހީގެ ދަށުންނެވެ.




ގުޅުންހުރި
މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް:
އަޅުގަނޑަކީ ވަރަށް ކުޅިކޮށް ކާ މީހެއް, ކަނޑޫދޫ މިރުސް ވަރަށް މީރު:
އެސްއީޒެޑުގައި ދަނޑުވެރިކަން ކުރުމުގެ އުސޫލަށް ބޮޑު ބަދަލެއް
ސަން ޓްރެވަލްސް އަތުން މިނާވަރު އަތުލީ އެއްބަސްވުމާ ހިލާފުވުމުން
އުވާލުމަށްފަހު އުވާނުލާ ކަމަށް ބުނި އެގްރޯ ނެޓް ބަލަހައްޓަން އެގްރިކަލްޗާ މިނިސްޓްރީއަށް
ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ކުންފުނި، އެގްރޯ ނެޓް ހިންގުން ހުއްޓާލައިފި