ރައީސްގެ މޭޔަރާއި ކައުންސިލް ހޮވީމައި މެނިފެސްޓޯގައިވާ ހުރިހާ ކަމެއް ޝައްކެއް ނެތި ޑަންވާނެ: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެހީތެރިވުމަށް އެ މަނިކުފާނުގެ މޭޔަރާއި ކައުންސިލާއި އިންތިހާބު ކުރުމުން މެނިފެސްޓޯގައިވާ މަސައްކަތްތައް އެއްވެސް ކަހަލަ ޝައްކެއް ނެތް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ކެމްޕެއިން ކުރައްވަމުން ވީ ހުރިހާ ވައުދެއް ފޮތެއްގައި ލިޔެ، ޗާޕުކުރައްވައި ކައުންސިލްތަކަށް ފޮނުއްވައި ޕަބްލިޝް ކުރެއްވި ރައީސަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އޭގެ މަގުސަދަކީ ގާނޫނީ ގޮތުން ދެ ފުށް ފެންނަ ހާމަކަން ބޮޑުވެރިކަމެއް ކުރުމަށް މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

”ފަސް އަހަރު ދުވަސް ތެރޭގައި، ތިމަން މަނިކުފާނުގެ ޒައާމަތެއްގައި މިކަން ކުރާނެ ގޮތަކީ މި އޮތީއޭ، މިއީ ރައީސް ޑރ. މުއިއްޒު ދެއްކެވި މިސާލަކީ، މީގެ ކުރިން ވައުދެއް ވެފައި އެ ވައުދެއް އަވަހަށް ފޮރުވޭތޯ ބައްލަވަނީ، ޑެލިވާ ކުރުމުގެ ބަދަލުގައި އެ ވައުދަކުން ރައްޔިތުން ހަނދާން ނެތޭވަރު ކޮށްފައި ދެން އެ ވައުދެއްގެ ވާހަކަ ނުދައްކާނެ، މިއީ އަޅާކިޔާއިރު ވަރަށް ފަސޭހަ. ރޫލް ބޭސްޑް ވެރިކަމަަކަށް އާ ބަސް ބުނުމަށްޓަކައި އަޅުގަނޑުމެން ތައްޔާރުވާން،“. ސައީދު ވިދާޅުވި އެވެ.

ރައީސްގެ އެދިވަޑައިގެންނުމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، އެކަމުން ވެސް އެނގެނީ ރައީސް ޑރ. މުއިއްޒުގެ ވައުދުތަކަށް ރައްޔިތުން އިތުބާރު ކުރެއްވި މިންވަރު ކަމަށެވެ. އަދި މަޖިލީސް އެ މަނިކުފާނަށް ލިބިވަޑައިގަތުމަށް އަމަލު ކުރެއްވި ގޮތް، މިއަދުގެ މަޖިލީހުން ފެނިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، މިހާ ޝައުުގުވެރިކަމާއެކު މިހާ ފަރުވާތެރިކަމާއެކު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި ރައީސަކު މަސައްކަތްކުރެއްވި ކަމެއް ދުވަހަކުވެސް ރާއްޖޭން ފެންނާހެން ހީނުވާ ކަމަށެވެ.

”ހުރިހާ ކަމެއް މި އޮތީ ކުރަހާ ނިމި، ކަން ކުރަަންވީ ގޮތުގެ މެނުއަލްއާއި ހުރިހާ އެއްޗެއް ހެދިފައި، އެހެންވީމަ މިކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނުކުންނަވާފައި، ރައީސުލްޖުމްހޫރިއްޔާގެ ޓީމާއި މޭޔަރާއި، ކައުންސިލާއި ދެން ހުރިހާ ކަމެއް އައީމަ ދެން މި ވާގޮތަކީ މެނިފެސްޓޯގައިވާ މަސައްކަތްތައް އެއްވެސް ކަަހަލަ ޝައްކެއް ނެތި، ޑަން ކުރާނެއޭ، އެއީ ނޫންތޯ ބޭނުންވާނެ ކަމަކީ،“. ސައީދު ވިދާޅުވި އެވެ.