ވިލިމާލެ އާއި ތިލަފުއްޓާ ދެމެދު ސަރަހައްދުގައި ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމަށާއި ނަމަވެސް ދެ ލޯންޗަށް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުވެފައިވާ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިރޭ 9:05 ހާއިރު ކަމަށާއި އެކްސިޑެންޓުގައި ހިމެނޭ އެއް ލޯންޗުން 21 މީހުން އަދި އަނެއް ލޯންޗުން ދެ މީހަކު ދަތުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.



