މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ގައިދީންނާއި އޮފިސަރުން ވެގެން ހިންމަފުށީ ސްކޫލަށް 130 މޭޒު ޖަހައިދީފި އެވެ.
އެމްސީއެސް އިން ބުނީ، ދިރާސީ އާ އަހަރަށް ޖަހައިދިން މި މޭޒުތަކަކީ އިޖުތިމާއީ ގޮތުން އެހީތެރިވެދިނުމަށް ހިލޭ ކޮށްދިން މަސައްކަތެއް ކަމަށެވެ.
އެގޮތުން މި މަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި ފޯރުކޮށްދީފައިވަނީ ހިންމަފުށީ ސުކޫލުން ކަމަށްވެސް ބުންޏެވެ.
އެމްސީއެސް އިން ބުނީ، މިފަދަ މަސައްކަތްތަކުން ގައިދީންގެ ރިހެބިލިޓޭޝަނަށް ހެޔޮ އަސަރުކޮށް، އެފަރާތްތަކުގެ ހުނަރުތައް ތަރައްގީވެގެންދާނެ ކަމަށެވެ.



