ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކާލަން ހުޅުވާލައިފިއެވެ.
ފުލުހުން ވަނީ އަށް ވައްތަރެއްގެ ހުއިފިލަނޑާ ނީލަމުގައި ވިއްކާލަން ބޭނުންވާކަން އިއުލާންކޮށްފައެވެ.
އިއުލާނުގައި ބުނީ، ނީލަމުގައި ވިއްކާނެ ހުއިފިލަނޑާގެ ބާވަތްތަކަކީ ހުދު ކިރު، ކަޅު ކިރު އަދި އިލަފަންޓް، މުށި، ހޮޅި، ކަރީ ފިޝް، ކަށި އަދި ބުއްފުޅިއެވެ. އެއިން ކޮންމެ ވައްތަރެއްވެސް ވިއްކަން ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ ކިލޯއަކަށް 300 ރުފިޔާއެވެ.
އެ ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުން ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، އައިޑީކާޑުގެ ކޮޕީއެއް ފުލުހުންގެ އީމެއިލަށް ފޮނުވުމަށް އެދޭ ކަމަށާއި އެ މެއިލް ލިބުމުން އެ މީހަކަށް ނީލަމުގައި ރަޖިސްޓަރީވިކަމުގެ މެއިލް ފޮނުވާނެ ކަމަށް ފުލުހުންގެ އިއުލާނުގައި ބުންޏެވެ.
އިއުލާނުގައި ބުނީ ނީލަމުގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ތާރީހަކީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ކަމަށާއި އެ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަންނާނެ ކަމަށެެވެ.
ނީލަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ދޫނިދޫގައެވެ. ނީލަމުގައި ބައިވެރިވާން ބޭނުން ނަމަ، މާލޭ ޖެޓީ ނަންބަރު 3 ކުރިމައްޗަށް އެ ދުވަހުގެ 10:00 އަށް ދިއުމަށް ފުލުހުން ވަނީ އެދިފައެވެ.




ގުޅުންހުރި
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި