އަހަރުގެ މިހާތަނަށް ތިން ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފެބްރުއަރީ ނުވަވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 303،488 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި 288،798 ޓޫރިސްޓުންނަށްވުރެ 5.1 ޕަސެންޓް އިތުރު އަދަދެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ވަނީ 78،700 ޓޫރިސްޓުން އައިސްފަ އެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ނުވަ ދުވަހަށްވުރެ 6.4 ޕަސެންޓް އިތުރު އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާ އިންނެވެ. އެ ގައުމުން 39،132 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ރަޝިއާ އިން 36،565 ޓޫރިސްޓުން އައިސްފައިވެ އެވެ. ތިންވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމަކީ އިޓަލީ އެވެ. އެ ގައުމުން 30،656 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.




ގުޅުންހުރި
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޭރުމަގު ތަރައްގީކުރުން: މާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް ތާރު އަޅައި
ފުލުހުންގެ ބަންދުން ދޫކޮށްލިތާ 24 ގަޑިއިރު ފަހުން އަނެއްކާވެސް ހައްޔަރުކޮށްފި