ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން މާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް ތާރު އަޅައި ނިންމާލައިފި އެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން މިދިޔަ އޮގަސްޓް މަހު ފެށި މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން އެމްއެމްއޭ ކުރިމައްޗަށް އޮންނަ ސަރަހައްދުގެ އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅައިފަ އެވެ.
މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގަ އެވެ. އެ ފިޔަވަހީގެ ދަށުން ވަޅޯމަސް މާރުކޭޓް ކައިރިން ނޯތު ހާބަރާ ހަމައަށް މަގު ފުޅާކުރުމަށްފަހު މަގުގައި ތާރު އަޅައި ވަނީ ނިންމާލައިފަ އެވެ. މިވަގުތު ކުރިއަށް ދަނީ އެއްގަމު ތޮށީގެ މަސައްކަތްތަކެކެވެ.
ބޭރު މަގު ހެދުމުގެ މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ނިންމާފައިވަނީ ތާރު އެޅުމުގެ މަސައްކަތް މި މަހުގެ 13 އަށް މަސައްކަތް ނިންމުމަށެވެ.



